އާއިލާއަށް ވަގުތު ދޭން އާމިރު ފިލްމު ކުޅުމާ ދުރަށް
އާއިލާއަށް ވަގުތު ދޭން އާމިރު ފިލްމު ކުޅުމާ ދުރަށް

ފިލްމީ ދާއިރާއާ ދުރުގައި މި ދުވަސްކޮޅު އުޅެނީ އާއިލާއަށް ވަގުތު ދިނުމަށް ކަމަށް ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އާމިރު ޚާން ބުނެފި އެވެ.

އާއިލާއަށް ވަގުތު ދޭން އާމިރު ފިލްމު ކުޅުމާ ދުރަށް
އާއިލާއަށް ވަގުތު ދޭން އާމިރު ފިލްމު ކުޅުމާ ދުރަށް

ޕަންޖާބީ ފިލްމު "ކެރީ އޮން ޖައްޓާ 3"ގެ ޓްރެއިލާ ލޯންޗުކުރުމަށް ބޭއްވި ހަފުލާގައި ވާހަކަދައްކަމުން އާމިރު ބުނީ އޭނާ ފިލްމީ ދާއިރާއަށް އެނބުރި އައުމަށް ނަފުސާނީ ގޮތުން ވަރަށް ބޮޑަށް ތައްޔާރުވާން ޖެހޭ ކަމަށެވެ.

"އެއްވެސް ފިލްމެއް ކުޅޭކަށް އަދި ނުނިންމަން. މިހާރު ބޭނުންވަނީ އާއިލާއާއެކު ވަގުތު ހޭދަކުރަން. ނަފުސާނީ ގޮތުން ތައްޔާރުވީމަ ފިލްމެއް ހަދާނަން،" އާމިރު ބުންޏެވެ.

އާމިރު އެންމެ ފަހުން ފެނުނީ މިދިޔަ އަހަރު ރިލީޒްކުރި "ލާލް ސިންހު ޗައްޑާ" އިންނެވެ. ބޮކްސް އޮފީހުގައި އެ ފިލްމު ނާކާމިޔާބު ވިޔަސް، ނެޓްފްލިކްސްގައި ސްޓްރީމް ކުރަން ފެށުމުން ފިލްމަށް ލިބުނު ތަރުހީބު ބޮޑުވި އެވެ. އެއީ ހޮލީވުޑްގެ ހިޓު "ފޮރެސްޓް ގަމްޕް"ގެ ހިންދީ އެޑަޕްޓޭޝަނެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ނުކުތް ކާޖަލް އާއި ރިވެތީގެ "ސަލާމް ވެންކީ" ގައި އާމިރު ކުޑަ ރޯލެއް ކުޅުނެވެ.