30 މެއި 2023 - 13:38

ދިރާގުގެ ޕޯސްޓްޕެއިޑް ދެ ޕެކޭޖެއް އަޕްގްރޭޑް ކޮށްފި އެވެ.
އެއީ ޕޯސްޓްޕެއިޑް 1،000 ޕެކޭޖާއި ޕޯސްޓްޕެއިޑް 1،700 ޕެކޭޖެވެ. އަލަށް ގެނައި އަޕްގްރޭޑާ އެކު ދިރާގުގެ ހުރިހާ ނަމްބަރުތަކާއި ލޯކަލް ނެެޓްވޯކްތަކުގެ ނަމްބަރުތަކަށް ހިލޭ ގުޅޭނެ އެވެ.
ޕޯސްޓްޕެއިޑް 1،000 ޕެކޭޖަށް ގެނައި އަޕްގްރޭޑާ އެކު 40 ޖީބީ ކޯ ޑޭޓާ، "ލިމިޓްލެސް" ސޯޝަލް މީޑިއާ ޑޭޓާ އަދި ހިލޭ އެސްއެމްއެސް އާއި ކޯލް ލިބޭނެ އެވެ.
އެ އަޕްގްރޭޑްގެ ދަށުން ޕޯސްޓްޕެއިޑް 1،700 ގެ ޕެކޭޖުން 100 ޖީބީ ކޯ ޑޭޓާ އާއި "ލިމިޓްލެސް" ސޯޝަލް މީޑިއާ ޑޭޓާ އަދި ހިލޭ އެސްއެމްއެސް އާއި ކޯލް ލިބޭނެ އެވެ.
ދިރާގުގެ އެޕް މެދުވެރިކޮށް އެ ޕެކޭޖުތަކަށް މިހާރު އަޕްގްރޭޑް ކުރެވޭނެ އެވެ.