ޑިއުޓީގައި ހުންނަން ޖެހުމުން ރޭލްވޭ ޕްލެޓްފޯމްމަތީގައި ކައިވެނިކޮށްފި
ޑިއުޓީގައި ހުންނަން ޖެހުމުން ރޭލްވޭ ޕްލެޓްފޯމްމަތީގައި ކައިވެނިކޮށްފި

މި ޒަމާނުގައި ގިނަ ޒުވާނުންނަކީ ބުރަ މަސައްކަތުގައި އުޅޭ މީހުންނަށް ވާތީ ޕްރޮފެޝަނަލް މަސައްކަތާއި އަމިއްލަ ދިރިއުޅުން ބެލެންސްކުރަން ގިނަ މީހުންނަށް ވަނީ ވަރަށް ދަތި ކަމަކަށް ވެފަ އެވެ. ޗައިނާގެ ފުލުހަކަށް ވެސް ދިމާވީ މިފަދަ ކަމެކެވެ. ހަޔާތުގެ އެންމެ މުހިއްމު އެއް ދުވަސް ކަމަށްވާ ކައިވެނީގެ ދުވަހު ވެސް ޑިއުޓީގައި ހުންނަން ޖެހުނީ އެވެ. އެހެންވެ އޭނާ އާއި އޭނާގެ ހަޔާތުގެ ބައިވެރިޔަކަށް ހަދަން ނިންމާފައިވާ ހުއަންގް މެންގިލާއޮ މިކަން ހައްލުކުރަން މުޅިން އާ ޕްލޭނެއް ކުރަން ޖެހުނެވެ.

ޒަންގް ކިންގުއާ ކިޔާ މި ފިރިހެންމީހާ އާއި އޭނާ ކައިވެނިކުރާ ހުއަންގް މާ ކުރިއްސުރެ ރާވާފައި އޮތީ ޖެނުއަރީ 23 ވަނަ ދުވަހު ކައިވެނި ކުރާށެވެ. ނަމަވެސް ފުލުހުންގެ ވަޒީފާގައި އުޅޭ މީހަކަށް ވާތީ ޒަންގް އެ ދުވަހުވެސް ބިޒީވެ ޗުއްޓީ ލިބޭގޮތް ނުވެ ޑިއުޓީއަށް ނިކުންނަން ޖެހުނެވެ. ޖެނުއަރީ 28 ވަނަ ދުވަހު ފާހަގަކުރާ ޗައިނީޒް ނިއު އިޔާގެ މުނާސަބަތުގައި ބާއްވާ އެކި ރަސްމިއްޔާތުތަކާ ހެދި އެވެ.

ކައިވެންޏާހެދި ޒަންގްގެ ޑިއުޓީ އަށް ބުރޫއެރިޔަ ނުދިނުމުގެ ގޮތުން ހުއަންގް އެ މީހުން ދިރިއުޅޭ ޒިންޖަންގް ޕްރޮވިންސުން ރޭލަކަށް އަރައިގެން ޒަންގް ވަޒީފާ އަދަކުރާ ރަށަށް ދިޔަ އެވެ. އަދި ރޭލް ވޭ ޕްލެޓްފޯމް މަތީގައި ޒަންގް އާއެކު މަސައްކަތްކުރާ ބައެއް އެކުވެރިންނާ އެކު ކުޑަކުޑަ ކައިވެނީގެ ރަސްމިއްޔާތެއް ބާއްވައި ކައިވެނި ކުރި އެވެ.