މޫލީގެ "އެންމެ އަގު ހެޔޮ ސޭލް"ގައި 80 ޕަސެންޓާ ހަމައަށް ޑިސްކައުންޓް
މޫލީގެ "އެންމެ އަގު ހެޔޮ ސޭލް"ގައި 80 ޕަސެންޓާ ހަމައަށް ޑިސްކައުންޓް

"އެންމެ އަގު ސޭލް" ގެ ނަމުގައި އުރީދޫގެ އޮންލައިން ވިޔަފާރި ޕްލެޓްފޯމް މޫލީގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އުރީދޫން ބުނިގޮތުގައި، އަންނަ ޖުލައި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގައި ސެމްސަންގާއި ވާވޭ އާއި އެޕަލް ފަދަ ބްރޭންޑްތަކުގެ ފޯނާއި އެސެސަރީތަކުން 80 ޕަސެންޓާ ހަމައަށް ބޮޑެތި ޑިސްކައުންޓްތަކެއް ލިބޭނެ އެވެ. އެއީ އެ ބްރޭންޑުތަކުގެ އޮރިޖިނަލް ޕްރޑަކްޓުތައް އެންމެ ހެޔޮއަގުގައި ގަތުމަށް ކަސްޓަމަރުންނަށް ލިބޭނެ ފުރުސަތެއް ކަމަށް އުރީދޫން ބުންޏެވެ.

ވާވޭ އާއި އެޕަލް އަދި ސެމްސަންގް ފަދަ ބްރޭންޑްތަކުގެ ފޯނާއި ގަޑި އަދި އެއާބަޑްސް ހިމަނާފައިވުމުން އެއީ ފޯނުގެ އެސެސަރީތައް ހެޔޮއަގުގައި އަޕްގްރޭޑް ކުރެވޭނެ ޕްރޮމޯޝަނެއް ކަމަށް އުރީދޫން ބުންޏެވެ.

މޫލީ އަކީ އުރީދޫން އޮންލައިން ޝޮޕިން އެކްސްޕީރިއަންސެއް ފޯރުކޮށްދިނުމަށް ތައާރަފް ކުރި ޕްލެޓްފޯމެކެވެ. އެ ޕްލެޓްފޯމުން ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށް ވެސް ވިޔަފާރި ކުރެވޭނެ އެވެ. އެ ޕްލެޓްފޯމުން ގަންނަ ތަކެތި ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ޑެލިވަރީ ކޮށްދޭނެ އެވެ.