އައިއައިއެފްއޭ އެވޯޑްސް: މޮޅު އެކްޓްރެސްގެ އެވޯޑު އަނެއްކާވެސް އާލިއާއަށް
އައިއައިއެފްއޭ އެވޯޑްސް: މޮޅު އެކްޓްރެސްގެ އެވޯޑު އަނެއްކާވެސް އާލިއާއަށް

މިއަހަރުގެ "އިންޓަނޭޝަނަލް އިންޑިއަން ފިލްމު އެކަޑަމީ (އައިއައިއެފްއޭ) އެވޯޑްސް" ގައި އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ބަތަލާ އާލިއާ ބަޓް ހޯދައިފި އެވެ.

އައިއައިއެފްއޭ އެވޯޑްސް: މޮޅު އެކްޓްރެސްގެ އެވޯޑު އަނެއްކާވެސް އާލިއާއަށް
އައިއައިއެފްއޭ އެވޯޑްސް: މޮޅު އެކްޓްރެސްގެ އެވޯޑު އަނެއްކާވެސް އާލިއާއަށް

ގިނަބައެއްގެ މެދުގައި މަގްބޫލު އާލިއާއަށް މި އަހަރު ވަނީ އިންޑިއާގެ ފާހަގަކޮށްލެވޭ ގިނަ އެވޯޑު ހަފްލާތަކެއްގައި އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ހޯދައިފަ އެވެ. އައިއައިއެފްއޭ އެވޯޑުގެ އިތުރުން މި އަހަރު އާލިއާ އަށް ވަނީ "ދާދާސަބްހޭ ފިލްމް އެވޯޑްސް" އަދި "ފިލްމްފެއާ އެވޯޑްސް" ގެ ވެސް އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ހޯދައިފަ އެވެ.

އައިއައިއެފްއޭ އެވޯޑްސް: މޮޅު އެކްޓްރެސްގެ އެވޯޑު އަނެއްކާވެސް އާލިއާއަށް
އައިއައިއެފްއޭ އެވޯޑްސް: މޮޅު އެކްޓްރެސްގެ އެވޯޑު އަނެއްކާވެސް އާލިއާއަށް

އިއްޔެ ޔޫއޭއީގެ އަބޫ ދާބީގައި ބޭއްވި އައިއައިއެފްއޭ އެވޯޑުގައި އާލިއާއަށް އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ލިބިފައި ވަނީ ސަންޖޭ ލީލާ ބަންސާލީގެ "ގަންގޫބާއީ ކަތިއަވާޅީ" ފިލްމުގައި ކުޅުނު ރޯލަށެވެ. އާލިއާގެ ކާފަ ބަލިވުމުގެ ސަބަބުން ހަފްލާގައި ބައިވެރިނުވާތީ، އޭނާގެ ނަމުގައި އެވޯޑާ ހަވާލުވީ އެ ފިލްމުގެ ޕްރޮޑިއުސަރު ޖަޔަންތިލާލް ގަަދާ އެވެ.

އައިއައިއެފްއޭ އެވޯޑް 2023 ގައި އެންމެ މޮޅު އެކްޓަރުގެ އެވޯޑު ލިބިފައި ވަނީ، ގިނަ އެކްޝަން ސީންތަކެއް ފެންނަ "ވިކްރާމް ވެދާ" ފިލްމުގައި ދެއްކި ޕަފޯމަންސަށް، ބަތަލް ރިތިކް ރޯޝަނަށެވެ. އަދި އެންމެ މޮޅު ފިލްމުގެ އެވޯޑު ލިބުނީ އަޖޭ ދޭވްގަންގެ "ދްރިޝިޔަމް 2" އަށެވެ.

މި އަހަރުގެ އެ އެވޯޑު ހަފްލާގައި އެންމެ ގިނަ އެވޯޑު ހޯދާފައި ވަނީ "ބްރަމަސްތްރާ: ޕާޓް 1 - ޝިވާ" އަދި "ގަންގޫބާއީ ކަތިއަވަޅީ" ހިމެނެ އެވެ. "ބްރަމަސްތްރާ: ޕާޓް 1 - ޝިވާ" ލިބުނު އެވޯޑުތަކުގެ ތެރޭގައި އެންމެ މޮޅު އަންހެން އަދި ފިރިހެން ޕްލޭބެކް ލަވަކިޔުންތެރިންގެ އެވޯޑު، ޝްރެޔާ ގޯޝަލް އަދި އަރިޖިތް ސިންހަށް ލިބުނު އިރު، މޯނީ ރޯއީ އަށް ވަނީ އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ ރޯލުގެ އެވޯޑު ފާހަގަކޮށްލެވެެ އެވެ.