26 މެއި 2023 - 00:27

ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅައި، މެސެޖްކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ހދ. ކުޅުދުއްފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް ސަސްޕެންޑްކޮށްފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިރޭ ނެރުނު ބަޔާނެއްގައިވަނީ އެ މައްސަލާގައި އެ ކޮމިޝަނަށް ހޯދިފައިވާ މައުލޫމާތުތަކަށާއި ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްތަކަށް ރިއާޔަތްކޮށް، އިސް މެޖިސްޓްރޭޓް އަލީ އާދަމް ސަސްޕެންޑްކުރަން ނިންމާފައިވާ ކަމަށެވެ.
އޭނާ ސަސްޕެންޑްކުރީ އެ ކޮމިޝަނުން ވަކި ގޮތެއް އަންގަންދެނެވެ.
އެގޮތަށް ނިންމީ މިރޭ ބޭއްވި ޖޭއެސްސީގެ ކުއްލި ބައްދަލުވުމެއްގަ އެވެ.
މީގެކުރިން ވެސް އިސް މެޖިސްޓްރޭޓް އަލީ އާދަމްގެ މައްސަލަތަކެއް ޖޭއެސްސީން ބަލާފައިވެ އެވެ.