25 މެއި 2023 - 12:18

ވަރިވާން ދިޔަ އަންހެނަކަށް ރަށެއްގެ ކޯޓެއްގެ ގާޒީއަކު ގުޅާ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފި އެވެ.
އެނގިފައިވާ ގޮތުގައި ހދ. އަތޮޅުގެ ރަށެއްގެ ކޯޓަކަށް ވަރިވާން އެދި ކޯޓަށް ހުށަހެޅި މައްސަލައެއްގައި ހިމެނޭ އަންހެން މީހާއަށް އެ ކޯޓުގެ މެޖިސްޓްރޭޓް ފޯނުން ގުޅި ކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލަ ޖޭއެސްސީން މިހާރު ދަނީ ބަލަމުންނެވެ.
އެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅީ ކޮން ފަރާތަކުން ކަމެއް ސާފެއް ނުވެ އެވެ.
ސުލޫކީ އެހެން މައްސަލަތަކެއްގައި ވެސް އެ މެޖިސްޓްރޭޓް މައްސަލަ ޖޭއެސްސީން ކުރިން ބަލާފައިވެ އެވެ.
މީގެކުރިން ސުލޫކީ އެކި މައްސަލަތަކުގައި ފަނޑިޔާރުންނާ މެދު ފިޔަވަޅު އަޅާފައިވެ އެވެ.