24 މެއި 2023 - 23:23

ފ. ފިލިތެޔޮ ކައިރިން ކަނޑަށް ފައްތާފައި ހުއްޓާ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ފެނުނީ 45 ކިލޯގެ ހެރޮއިން ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
މީޑިއާ އަށް ފުލުހުން ހާއްސަ ކޮށްފައިވާ ވަޓްސްއެޕް ގުރޫޕްގައި ހިއްސާކުރި މެސެޖެއްގައި ބުނީ، އެ މަސްތުވާތަކެތި ހޯދުމުގެ އޮޕަރޭޝަން މިހާރު ނިންމާލާފައިވާ ކަމަށާއި އެކަމަކު އެ މައްސަލާގައި މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.
ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ފެނުނީ ހިރޮއިން ކަމަށް ބެލެވޭ ކަމަށް މެސެޖުގައި ބުންޏެވެ.
އެ މައްސަލާގައި އިތުރު މައުލޫމާތެއް ފުލުހުން އަދި ނުދެ އެވެ.
ރާއްޖޭގެ ފަޅެއްގައި ރައްކާކޮށްފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި މިދިޔަ އަހަރު ވެސް ފުލުހުން އަތުލައިގަތެވެ. އެކަމަކު، އެ މައްސަލާގައި ވެސް ބަޔަކު ހައްޔަރުކުރި ކަމެއް ފުލުހުން ނުބުނެ އެވެ.