23 މެއި 2023 - 17:50

މާލޭގައި ގެއަކަށް ވަދެ، ތޫނު ހަތިޔާރުން ބިރު ދައްކައި މާރާމާރީ ހިންގި މައްސަލައެއްގައި މީހަކު ހޯދަން މިއަދު އިއުލާނުކޮށްފި އެވެ.
ފުލުހުން ކުރި އިއުލާނުގައި ބުނީ ކޯޓު އަމުރެއްގެ ދަށުން ރ. މަޑުއްވަރީ، ދެތަނޑިމާގެ، އިބްރާހިމް ސަމީން، 34، ހައްޔަރުކުރަން ހޯދަނީ މި މަހުގެ ދެ ވަނަ ދުވަހު ގްރޫޕަކާ އެކު އެޕާޓްމަންޓަކަށް ވަދެ ބިރުދެއްކި މައްސަލައެއްގައި ކަމަށެވެ.
އެ އެޕާޓްމަންޓަށް ވަދެ އެ ތަނުގައި ދިރިއުޅޭ މީހަކަށް ތޫނު އެއްޗަކުން ބިރުދައްކައި ނުރައްކާތެރި ހަތިޔާރުން ހަމަލާދީ މާރާމާރީ ހިންގުމަށް ފަހު އެޕާޓްމަންޓުގައި ހުރި މުދަލަށް ގެއްލުން ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ސީރިއަސްް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓް 9911099 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި ހިއްސާކޮށްދިނުމަށް ވަނީ އެދިފަ އެވެ.