ތަފާތު މަންޒަރެއް: މޫދު ކަސްރަތުން އުތީމު އުފަލުން ފޮޅިފައި!
ތަފާތު މަންޒަރެއް: މޫދު ކަސްރަތުން އުތީމު އުފަލުން ފޮޅިފައި!

ހއ. އުތީމުގެ ގިނަ ބަޔަކު ހެނދުނާއި ހަވީރު އަތިރިމައްޗަށް ޖަމާވަނީ ސަބަބުތަކެއް ހުރީމަ އެވެ؛ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ. އެކުވެރިކަން އާލާވެ، އިޖުތިމާއީ ގުޅުން ވަރުގަދަވުމެވެ. މި ހުރިހާ ކަމެއްގެ އަސްލަކީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކުރިއަށް ގެންދާ މޫދު ކަސްރަތެވެ.

ތަފާތު މަންޒަރެއް: މޫދު ކަސްރަތުން އުތީމު އުފަލުން ފޮޅިފައި!
ތަފާތު މަންޒަރެއް: މޫދު ކަސްރަތުން އުތީމު އުފަލުން ފޮޅިފައި!

އެ ހަރަކާތުގައި އުޅޭ އެންމެން ވެސް ބުނަނީ މިހެންނެވެ؛ "މިއީ، ނުކޮށް ދޫކޮށްލާ ވަރުގެ ކަމެއް ނޫނެ"ވެ. ބަލަބަލާ ހުއްޓާ ލުއިވަނީ އެވެ.

ތަފާތު މަންޒަރެއް: މޫދު ކަސްރަތުން އުތީމު އުފަލުން ފޮޅިފައި!
ތަފާތު މަންޒަރެއް: މޫދު ކަސްރަތުން އުތީމު އުފަލުން ފޮޅިފައި!

މި މަހު 17 ގައި އެ ރަށުގައި މިކަން ފެށުނީ، އެމްއެންޑީއެފުން ތ. އަތޮޅުގައި ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމްގެ ފޮޓޯއެއް ފޭސްބުކުން ފެނިގެން އުފެދުނު ޝައުގުވެރިކަމެއްގަ އެވެ. އުތީމު ކައުންސިލުން އެމްއެންޑީއެފްގައި އެދުނީ އެ ރަށުގައި އެ ޕްރޮގްރާމް ހިންގައިދޭށެވެ.

ތަފާތު މަންޒަރެއް: މޫދު ކަސްރަތުން އުތީމު އުފަލުން ފޮޅިފައި!
ތަފާތު މަންޒަރެއް: މޫދު ކަސްރަތުން އުތީމު އުފަލުން ފޮޅިފައި!

ރަށުގައި މި ވަގުތު ދިރިއުޅޭ ގާތްގަނޑަކަށް 500 އެއްހާ މީހުންގެ ތެރެއިން ވަރަށް ގިނަ އަދަދެއްގެ ބަޔަކު މި ޕްރޮގްރާމްގައި ބައިވެރިވެ އެވެ.

ތަފާތު މަންޒަރެއް: މޫދު ކަސްރަތުން އުތީމު އުފަލުން ފޮޅިފައި!
ތަފާތު މަންޒަރެއް: މޫދު ކަސްރަތުން އުތީމު އުފަލުން ފޮޅިފައި!

"ފުރަތަމަ ނޯޓްކުރިއިރު ވެސް 82 މީހަކު ބައިވެރިވި. މިއަދު އަޅުގަނޑުމެން މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ 132 މީހުންނާ އެކު،" ކައުންސިލްގެ ރައީސް އަސްރާރު އާދަމް ވިދާޅުވި އެވެ.

ތަފާތު މަންޒަރެއް: މޫދު ކަސްރަތުން އުތީމު އުފަލުން ފޮޅިފައި!
ތަފާތު މަންޒަރެއް: މޫދު ކަސްރަތުން އުތީމު އުފަލުން ފޮޅިފައި!

އޭނާ ވިދާޅުވި ގޮތުގައި މޫދު ކަސްރަތު ފެށިތާ ހަފުތާއެއްގެ ތެރޭގައި ގިނަ ބައެއްގެ ދިރިއުޅުމަށް ފާހަގަކުރެވޭ ފަދަ ބޮޑެތި ބަދަލުތަކެއް އަންނަން ފެށި އެވެ. މިސާލެއް ނަންގަވައި ވިދާޅުވީ، ހަތަރު ވަރަކަށް އަހަރު ވަންދެން ގޮނޑީގައި ތިބެ ނަމާދުކުރާ ބައެއް މީހުން މިހާރު ގޮނޑި ދޫކޮށްލައިފި ކަމަށެވެ. އެ މީހުންނަށް އެ ލުއިފަސޭހަކަން ލިބުނީ މޫދުގައި ކުރިއަށް ގެންދާ ފައިގެ ކަސްރަތުތަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައެއް މީހުންގެ ބަރުދަން ލުއިވެ ހެލިފެލިވެ އުޅުމާއި ލޭމައްޗަށް ދާ މީހުންގެ ލޭގެ ޕްރެޝަރު ދަށްވުމާއި ނިދުމުގެ ފަސޭހަކަން ލިބުމާއި މިކަހަލަ ސިއްހީ ގޮތުން ދިމާވާ ބައިވަރު މައްސަލަތަކަށް ހައްލު ލިބި، ފައިދާ ހުރި އެތައް ކަމެއް ދަސްވެއްޖެ. ކަސްރަތަށް މީހުން ހޭލުންތެރިވެއްޖެ،" އަސްރާރު ވިދާޅުވި އެވެ.

ސިއްހީ ފައިދާތަކުގެ އިތުރުން މި ހަރަކާތުން އެހެން ގިނަ ފައިދާތަކެއް ވެސް ލިބެ އެވެ. އެއީ އެންމެން އެއް ތަނަކުން ބައިވެރިވެ، އެއްބައިވަންތަކަން އާލާވުމެވެ. ސިޔާސީ ގޮތުން ތަފާތު ފިކުރަކަސް މި ހަރަކާތުން އެންމެންގެ ގުޅުން ވަރުގަދަވެފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

"ކަސްރަތު ފެށި ފަހުން ފަތިސްނަމާދުގެ ޖަމާއަތް ވެސް ބޮޑުވެއްޖެ، ހަރަކާތް ފަށަނީ އެކަކު އަނެކަކާ ސަލާމްކޮށްފައި. އެހެންވީމަ މިވާ ގޮތަކީ ކުރިން ހިތްހަމަނުޖެހުމެއް އޮތަސް އެކަން ވެސް ހަނދާން ނެތި، ގުޅުން އިތުރަށް ބަދަހިވަނީ،" ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ރަޝީދު ވިދާޅުވި އެވެ.

އިންސްޓްރަކްޓަރު ކްލާސް ނަގައިދޭ ގޮތް ވެސް އެ މީހުންނަށް ވަނީ ވަރަށް ޝައުގުވެރި ކަމަކަށެވެ. އެއްބައި ހަރަކާތްތައް ހިންގަނީ ފުޅިފުޅި އަށް ވެލި އަޅައިގެންނެވެ. ނޫޑުލްއެއް ބޭނުންކޮށްގެން މޫދުގައި ކުރާ އެކި ކަސްރަތަކީ ވެސް ހަށިގަނޑަށް ވަރަށް ބޮޑަށް އެނގުންވެ ލުއި ލިބޭ ކަސްރަތުތަކެއް ކަމަށް އެ ހަރަކާތުގެ ބައިވެރިން ބުނެ އެވެ.

ކޮންމެ ދުވަހަކު ވެސް ކަސްރަތު ނިންމާލަނީ އެކި ގޮތްގޮތަށް އެތުރި ތިބެ އުފާވެރިކަމާ އެކުގަ އެވެ. ބައެއް ދުވަސް ދުވަހު މަލެއްހެން ފޮޅޭއިރު އަނެއް ބައި ދުވަސްތަކުގައި ތިބެނީ ހަނދުފަޅިއެއްހެން އެތުރިގެންނެވެ. އުފާވެރިކަމާއި ލޯބި ރަމްޒުކޮށްދިނުމަށް ބައެއް ދުވަސްދުވަހު ތިބެނީ ހިތެއްގެ ބައްޓަމަށެވެ.

އާއްމުކޮށް ކަސްރަތު ކްލާސް ނަގައިދެމުން އަންނަނީ ފަސް ދުވަހަށެވެ. އެކަމަކު އެ ރަށުގެ ރައްޔިތުން އެދިގެން އެމްއެންޑީއެފުން ވަނީ އެ ހަރަކާތް 10 ދުވަހަށް ބަދަލުކޮށްފަ އެވެ. ތިން ސެޝަނަކަށް ކުރިއަށް ގެންދަނީ ވެސް ގިނަ ބަޔަކަށް ފުރުސަތު ދޭން ވެގެންނެވެ.

މި ހަރަކާތުގެ ކާމިޔާބީ ފާހަގަކުރަން ކުލަގަދަ ހަފުލާއެއް މާދަމާ ރޭ، އުތީމު ގަނޑުވަރު ކުރިމަތީގައި ބާއްވަން ވަނީ ނިންމައިފަ އެވެ. އެ ހަފުލާ ޝަރަފްވެރިކޮށްދެއްވާނީ، ކައުންސިލުން ބުނިގޮތުގައި، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އާދަމެވެ.

އެމްއެންޑީއެފްގެ މި ހަރަކާތް ނިންމާލިއަސް، ބައިވެރިން ތިބީ އެކަމާ ދުރަށް ދާ ގޮތަކަށް ނޫނެވެ. އެހެންވެ މި ހަރަކާތުން އިންސްޓްރަކްޓަރުން ވެސް ވަނީ ތަމްރީންކޮށްފަ އެވެ. ދާއިމީކޮށް މޫދު ކަސްރަތުން އުފާވެރިކަން ހޯދައިދޭނީ އެ އިންސްޓްރަކްޓަރުން ކަމަށް ކައުންސިލުން ބުންޏެވެ.

އަސްރާރު ވިދާޅުވީ މި ހަރަކާތާ އެކު ދުޅަހެޔޮ ސިއްހަތަކަށް ވަރަށް މުހިއްމު އެހެން ކަމެއް ވެސް އެ ރަށުގައި ކުރިއަށް ގެންދަން ކައުންސިލުން ވިސްނާފައިވާ ކަމަށެވެ.