ވަޓްސްއެޕް މެސެޖު އެޑިޓްކުރެވޭ ގޮތް ހަދައިފި، އެކަމަކު ލިބޭނީ 15 މިނެޓް
ވަޓްސްއެޕް މެސެޖު އެޑިޓްކުރެވޭ ގޮތް ހަދައިފި، އެކަމަކު ލިބޭނީ 15 މިނެޓް

ވަޓްސްއެޕް ބޭނުންކުރާ މީހުން އެންމެ ބޮޑަށް އެދެމުން އައި އެއް ފީޗާ ކަމަށްވާ، މެސެޖު ފޮނުވުމަށް ފަހު އެޑިޓްކުރުން އެންމެ ފަހުން ހަގީގަތަކަށް ހަދައިދީފި އެވެ.

އެންޑްރޮއިޑާއި އައިއޯއެސް އަށް ވެސް މި ފީޗާ ދިނުމަށް ފަހު މެޓަ ކުންފުނިން މިހާރު އަންނަނީ ހުރިހާ ގައުމަކަށް ވެސް މި ލިބޭ ގޮތް ހަދަމުންނެވެ. މިވަގުތު އަދި ނުލިބުނަސް، ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ލިބޭނެ ކަމަށް ބަލާށެވެ.

ވަޓްސްއެޕްގައި މެސެޖެއް ފޮނުވުމަށް ފަހު އެޑިޓްކުރަން ބޭނުން ނަމަ މެސެޖަށް ފިއްތާލުމުން އެޑިޓިން އަށް ދެވޭނެ އެވެ. ބޭނުންވާ ބަދަލެއް ގެނައުމަށް ފަހު ސޭވްކޮށްލުމާ އެކު އާ ވާޝަންގެ ގޮތުގައި މެސެޖު އެހެން މީހުންނަށް ފެންނާނެ އެވެ. އެކަމަކު އެއީ ފުރަތަމަ ފޮނުވި އިރު އިން ގޮތަށް ނޫންކަން އަންގައިދޭން "އެޑިޓެޑް" އަރާފައި އިންނާނެ އެވެ.

އެކަމަކު މެސެޖު ފޮނުވުމަށް ފަހު އެޑިޓްކުރަން ލިބޭނީ 15 މިނެޓެވެ.

ވައިބަ ފަދަ އެހެން ޗެޓް އެޕްލިކޭޝަންތަކުގައި މެސެޖު އެޑިޓްކުރެވޭ ގޮތް ހެދިތާ އެތައް ދުވަހެކެވެ.