ދާންދޫ ޕޮލިސް ސްޓޭޝަނުން ފިލި މީހާ އަލުން ހައްޔަރުކޮށްފި
ދާންދޫ ޕޮލިސް ސްޓޭޝަނުން ފިލި މީހާ އަލުން ހައްޔަރުކޮށްފި

ގއ. ދާންދޫ ޕޮލިސް ސްޓޭޝަންގައި ހައްޔަރުކޮށްފައި ހުއްޓާ މިއަދު ފިލިމީހާ އަލުން ހައްޔަރުކޮށްފި އެވެ.

އެ މީހާ ހައްޔަރުކުރީ ދާންދޫގައި އޮތް ދޯންޏެއްގައި ހުއްޓާ ކަމަށް ފުލުހުން ބުންޏެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި ރޭ ދަންވަރު ހައްޔަރު ކުރި އެ މީހާ، ޕޮލިސް ސްޓޭޝަނުން ފިލީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރުކުރީ މަސްތުވާ ތަކެއްޗާ ވެސް އެކުގަ އެވެ.

މި މަހުގެ ހަ ވަނަ ދުވަހު އއ. ރަސްދޫ ޕޮލިސް ސްޓޭޝަންގައި ބަންދުކޮށްފައި ހުއްޓާ ވެސް މީހަކު ފިލި އެވެ، އެ މީހާ ފެނުނީ ރަސްދޫ ކައިރީގައި އޮންނަ ރަށެއްގެ ފަޅުތެރެއިންނެވެ.