ސިޔާސީ މުވައްޒަފުންނަށް އުމްރާ އާއި ހައްޖަށް ހާއްސަ ޗުއްޓީއެއް
ސިޔާސީ މުވައްޒަފުންނަށް އުމްރާ އާއި ހައްޖަށް ހާއްސަ ޗުއްޓީއެއް

ސިޔާސީ މުވައްޒަފުންނަށް އުމްރާ އާއި ހައްޖުގެ އަޅުކަމަށް ހާއްސަ ޗުއްޓީއެއް ލިބޭ ގޮތަށް އުސޫލު ބަދަލުކޮށްފި އެވެ.

ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސް އައްޔަންކުރާ މުވައްޒަފުން އަމަލުކުރަންޖެހޭ އުސޫލަށް ގެނައި 11 ވަނަ އިސްލާހުގައި ބުނީ ހައްޖު ޗުއްޓީގެ ގޮތުގައި މުސާރަ ލިބޭ ގޮތަށް ހައްޖަށް ފުރާ ފުރަތަމަ ދުވަހުން ފެށިގެން ބަންދު ދުވަސްތައް ހިމަނައިގެން 35 ދުވަހުގެ ޗުއްޓީއެއް ލިބޭނެ ކަމަށެވެ.

އޭގެ އިތުރުން، އުމްރާގެ އަޅުކަމަށް ފުރާ ދުވަހުން ފެށިގެން ބަންދު ދުވަސްތައް ހިމަނައިގެން މުސާރަ ލިބޭ ގޮތަށް 15 ދުވަހުގެ ޗުއްޓީއެއް ލިބޭނެ ކަމަށް އުސޫލުގައި ބުންޏެވެ.

އެކަމަކު، މުސާރަ ލިބޭ ގޮތަށް ހައްޖާއި އުމްރާއަށް ހާއްސަ ޗުއްޓީ ނެގޭނީ ފުރަތަމަ ފަހަރަށް އެ އަޅުކަން ކުރާނަމަ އެވެ.

ފުރަތަމަ ފަހަރަށް ހައްޖުގެ އަޅުކަން އަދާކުރާނަމަ މުސާރަ ލިބޭ ގޮތަށް ސިވިލް ސާވެންޓުންނަށް ވެސް 30 ދުވަހުގެ ޗުއްޓީއެއް ލިބެ އެވެ. ނަމަވެސް އުމްރާއަށް ދާނަމަ ޖެހޭނީ ނޯ-ޕޭއެއް ނަގާށެވެ.