19 މެއި 2023 - 10:59

މި އަހަރުގެ ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލާސް ކޮންފަރެންސްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއި ކޮށްފި އެވެ.
އެމްއެމްޕީއާރުސީން އިންތިޒާމްކުރާ މި ކޮންފަރެންސް އޮންނާނީ މި މަހުގެ 30 އިން ޖޫން ދެ ވަނަ ދުވަހާ ހަމައަށެެވެ.
ދިރާގުން ބުނި ގޮތުގައި މި ކޮންފަރެންސްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 70 އަށް ވުރެ ގިނަ ކޮންޓެންޓް ކްރިއޭޓަރުން ބައިވެރިވާނެ އެވެ. އޭގެ ތެރޭގައި ނޫސްވެރިންނާއި ޓްރެވަލް ރައިޓަރުންނާއި އިންފްލުއެންސަރުންނާއި މީޑިއާގެ ތަޖުރިބާކާރުން ހިމެނެ އެވެ.
މި ކޮންފަރެސްގައި "ވީވް ޔޯ މޯލްޑިވިއަން ސްޓޯރީ" ޝިއާރުގެ ދަށުން ރާއްޖޭގެ ތާރީހާއި ސަގާފީ ތަރިކައާ ބެހޭ ވާހަކަތަކާއި މައުލޫމާތު ބައިވެރިންނަށް ދޭނެ އެވެ. އަދި ހަބަރު އުފެއްދުމާއި ބެހޭ މައުލޫމާތުތައް ދީ ދިވެހި އުފެއްދުނަތއް ސްޓޯލްތަކުގައި ޑިސްޕްލޭކުރާނެ އެވެ.
ދިރާގުން ބުނި ގޮތުގައި މި ކޮންފަރެންސް އަކީ އެމްއެމްޕީއާރުސީގެ މި އަހަރުގެ އެންމެ ބޮޑު މާކެޓިން އިވެންޓަށް ވާނެ އެވެ.
ދިވެހިރާއްޖޭގެ ހޮސްޕިޓާލިޓީ އިންޑަސްޓްރީގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕާޓްނަރެއްގެ ގޮތުން އެ އިންޑަސްޓްރީއާ ގުޅުން ހުރި މި ފަދަ މަސައްކަތްތަކުގައި ދިރާގުން އަންނަނީ އެއްބާރުލުން ދެމުންނެވެ.