ކެމްޕޭންގެ ކުރިން މައުލޫމާތު އެއްކުރަން އެމްޑީޕީގެ ޓީމުތައް ރާއްޖޭގެ ހުރިހާ ރަށަކަށް ފުރައިފި
ކެމްޕޭންގެ ކުރިން މައުލޫމާތު އެއްކުރަން އެމްޑީޕީގެ ޓީމުތައް ރާއްޖޭގެ ހުރިހާ ރަށަކަށް ފުރައިފި

މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭން ފެށުމުގެ ކުރިން، މައުލޫމާތު އެއްކުރަން އެމްޑީޕީގެ ޓީމުތައް ހުރިހާ ރަށަކަށް މިއަދު ފުރައިފި އެވެ.

ކެމްޕޭންގެ ކުރިން މައުލޫމާތު އެއްކުރަން އެމްޑީޕީގެ ޓީމުތައް ރާއްޖޭގެ ހުރިހާ ރަށަކަށް ފުރައިފި
ކެމްޕޭންގެ ކުރިން މައުލޫމާތު އެއްކުރަން އެމްޑީޕީގެ ޓީމުތައް ރާއްޖޭގެ ހުރިހާ ރަށަކަށް ފުރައިފި

މި ޓީމުތަކުގައި ޕާޓީގެ ލީޑަޝިޕާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ޕާޓީގެ އެކި މަގާމްތަކުގެ ބޭފުޅުންނާއި އާއްމު މެމްބަރުން ހިމެނެ އެވެ. މި ހަފުތާ ބަންދުގައި މި ޓީމުތައް ރަށްރަށުން މައުލޫމާތު އެއްކޮށް މެނިފެސްޓޯގައި ހިމަނަން ބޭނުންވާ ކަންކަން އޮޅުންފިލުވާނެ އެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ އެ ޕާޓީގެ 400 އަށް ވުރެން ގިނަ މީހުން މިއަދު މާލެއިން އެކި ރަށްރަށަަށް ފުރާނެ ކަމަށެވެ. އަދި ކޮންމެ ރަށަކުން ވެސް އެ ޓީމުތަކާއި ޕާޓީގެ މެމްބަރުން ގުޅޭނެ ކަމަށާއި މިއީ މުޅި ޕާޓީގެ ބައިވެރިވުން ހިމެނޭ ހަރަކާތެއް ކަމަށް ވިދާޅުވި އެވެ.

"ރަށްރަށުން 600 އެއްހާ މީހުން ބައިވެރިވާނެ. އެއާއެކު ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ހުރިހާ ރަށެއްގައި 1000 އެއްހާ މީހުން އުޅޭނެ. މާދަމާ ކޮންމެ ރަށެއްގައި އެމްޑީޕީގެ ދިދައެއް ނަގާނެ. ހުރިހާ ރަށެއްގައި ޕޯސްޓާ އިވެންޓެއް ގެންދިއުން އޮންނާނެ،" އޭނާ ވިދާޅުވި އެވެ.

އެ ދަތުރުތަކުގެ މައިގަނޑު މަގުސަދަކީ ޕާޓީއަށް މެމްބަރުން އިތުރު ކުރުމާއި މެނިފެސްޓޯއަށް މައުލޫމާތު އެއްކުރުން ކަމަށް އެ ޕާޓީން ބުނެ އެވެ.

އެމްޑީޕީން ރިޔާސީ އިންތިހާބުގެ ކެެމްޕޭން ފެށުމަށް ނިންމިއިރު ޕާޓީ ތެރޭގައި ބައިބައިވުން އުފެދި ބައެއް މީހުން ވަނީ ޕާޓީން ވެސް ވަކިވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވިި "ފިކުރެއްގެ ދިރުމުން" ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަން އިއްޔެ އިއުލާންކޮށްފަ އެވެ. ނަމަވެސް އިންތިހާބުގައި ވާދަކުރައްވާނީ ކޮން ބޭފުޅެއް ކަން އެ ޕާޓީން ހާމައެއް ނުކުރެ އެވެ.