ބަލާނެ މީހަކު ނެތިގެން ކޮއްކޮ ގޮވައިގެން ސްކޫލަށް!
ބަލާނެ މީހަކު ނެތިގެން ކޮއްކޮ ގޮވައިގެން ސްކޫލަށް!

ފިލިޕީންސްގެ އަންހެނެއް ކަމަށްވާ ޝީލާ މީ އޭނާގެ ފޭސްބުކް ޕޭޖްގައި ދާދިފަހުން ޝެއާކޮށްފައިވާ މި ވާހަކަ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް މަޝްހޫރުވެފަ އެވެ. ޝީލާ އަކީ ޖޭ. ބްލާންކޯ އެލިމެންޓަރީ ސްކޫލްގެ ޓީޗަރެކެވެ. މި ސްކޫލަކީ ފިލިޕީންސްގެ އެންމެ ބޮޑު ތިން ރަށުގެ ތެރެއިން އެއް ރަށް ކަމަށްވާ މިންޑަނާއޯގެ ސައުތު ކޮޓަބާޓޯ ޕްރޮވިންސްގައި ހުންނަ ސްކޫލެކެވެ.

ބަލާނެ މީހަކު ނެތިގެން ކޮއްކޮ ގޮވައިގެން ސްކޫލަށް!
ބަލާނެ މީހަކު ނެތިގެން ކޮއްކޮ ގޮވައިގެން ސްކޫލަށް!

މިއީ އެ ސްކޫލަށް ކިޔަވަންދާ ނުވަ އަހަރުގެ މަޓޭއޮ ބާނޯގެ ހިތްދަތި ދިރިއުޅުމުގެ ވާހަކަ އެވެ. ޝީލާ ލިޔެފައިވާ ގޮތުގައި ގްރޭޑް 5 ގައި ކިޔަވާ މި ފިރިހެންކުއްޖާ ކޮންމެ ދުވަހަކުވެސް ސްކޫލަށް ދަނީ އޭނާގެ ކުޑަކުޑަ ފިރިހެން ކޮއްކޮ ގޮވައިގެންނެވެ.

ބަލާނެ މީހަކު ނެތިގެން ކޮއްކޮ ގޮވައިގެން ސްކޫލަށް!
ބަލާނެ މީހަކު ނެތިގެން ކޮއްކޮ ގޮވައިގެން ސްކޫލަށް!

މަޓޭއޮ އަކީ ފަގީރުކަމުން ބަނޑުފުރާނަ މުއްތިކުރެވޭނެ ފަދަ ވެސް ނެތް ކުއްޖެކެވެ. އާއިލާގައި ތިބީ ތިން ފިރިހެން ކުދިންނެވެ. އެތަނުން މަޓޭއޮ އަކީ މެދަށް ހުރި ކުއްޖާ އެވެ. އޭނާގެ ބޭބެ އަކީ ވެސް މަޓެއޮ އަށް ވުރެ ތަންކޮޅެއް ބޮޑަސް ހަމަ ކުޑަ ކުއްޖެކެވެ.

ފަގީރުކޮށް ދިރިއުޅެމުން އައި އާއިލާ އަށް މިދިޔަ އަހަރު ލިބުނު ބޮޑު ހިތާމައިގެ ސަބަބުން ދިރިއުޅުމުގެ ގޮންޖެހުންތައް އިތުރުވެގެން ދިޔަ އެވެ. އެ ކުދިންގެ މަންމަ ކުއްލި ގޮތަކަށް މަރުވީ އެވެ. ހަތަރު ވަނަ ކުއްޖާ އަށް ބަލިވެ އިނދެގެން ދިމާވި މައްސަލަތަކެއްގެ ތެރޭގަ އެވެ.

ޝީލާ ކިޔައިދީފައިވާ ގޮތުގައި މި ކުދިންގެ ބައްޕައަކީ ސުރައްލާ ކިޔާ ރަށެއްގެ މާވަޑިއެކެވެ. އެހެންވެ މަސައްކަތްކުރަން އެ ކުދިން ދޫކޮށްލާފައި ދިއުން ނޫން ގޮތެއް އޭނާއަކަށް ވެސް ނެތެވެ.

މަޓޭއޮ އަކީ ވަރަށް ކިޔަވާ ހިތްވާ ކުއްޖެކެވެ. އެހެންވެ އާއިލާގެ ފަގީރުކަމާއި ބަނޑުހައިހޫނުކަމާއެކު ވެސް އޭނާ ސްކޫލަށް ދާން ބޭނުންވެ އެވެ. އަދި ކުޑަ ކޮއްކޮ ބަލާނެ އެހެން އެއްވެސް މީހަކު ނެތުމުން މަޓެއޮ އަށް ޖެހެނީ ހުރިހާ ކްލާސްތަކަކަށް ވެސް ކޮއްކޮ ގޮވައިގެން ދާށެވެ. ބައެއް ފަހަރަށް މާޓޭއޮގެ ބޭބެ ވެސް ކޮއްކޮގެ ޒިންމާ އުފުލަ އެވެ. ނަމަވެސް ކޮއްކޮ ބެލުމުގެ ޒިންމާ ގިނައިން އުފުލަނީ މަޓޭއޮ އެވެ.

ހަގީގަތުގައި ސްކޫލަކީ މި ކުދިންނަށް ސުވަރުގެއަށް ފަދަ ތަނެކެވެ. އެންމެ ފުރަތަމަ ކަމަކަށް ހުރިހާ ޓީޗަރުން ވެސް މަޓޭއޮ ކޮއްކޮ ގޮވައިގެން ކްލާސްތަކަށް ވަންނަން ހުއްދަ ދެއެވެ. އަދި އެ ސްކޫލުގެ މެންދުރުކެއުން ސްޕޮންސާ ކުރަނީ އެ ގައުމުގެ އެޑިޔުކޭޝަން މިނިސްޓްރީން ކަމަށް ވާތީ މަޓޭއޮ ގެ ތިން ބެއިންނަށް މެންދުރު ކެއުން ލިބެ އެވެ. ނަމަވެސް ސްކޫލުން ގެއަށް ދިއުމަށްފަހު މި ކުދިންނަކަށް ކާނެ މާގިނަ އެއްޗިއްސެއް ނުލިބެ އެވެ. ގޭގެ ކެއްކުމުގެ ހުރިހާ ކަމެއްކުރަނީ މަޓޭއޮ ގެ ބޭބެ އެވެ.

ފޭސްބުކްގައި މަޓޭއޮ އާއި އޭނާގެ އާއިލާގެ އަސަރުގަދަ ވާހަކައާއި ފޮޓޯތައް ޖެހުމާއެކު އެ ގައުމުގެ ވަރަށް ގިނަ ބަޔަކު އެ ކުދިންނަށް ފައިސާ އާއި ތަކެތީގެ އެހީދޭން ބޭނުންވި އެވެ. ނަމަވެސް ޝީލާ އާއި މަޓޭއޮ ގެ ސްކޫލްގެ ޓީޗަރުން ނިންމާފައިވަނީ ފައިސާގެ އެހީގައި ނުހިފުމަށެވެ. ސަބަބަކީ މަޓޭއޮ އާއި އޭނާގެ ކޮއްކޮ އާއި ބޭބެގެ ފަގީރުކަމުން އެޑްވާންޓޭޖް ނަގަނީ ކަމަށް ހީވެދާނެތީ އެވެ. އެހެންވެ އެހީ ދޭން ބޭނުންވާ މީހުންގެ ކިބައިން ޝީލާމެން އެދުނީ އެ ކުދިންނަށް ކާން ބޯން ބޭނުންވާ އެއްޗިއްސާއި ސްކޫލަށް ބޭނުންވާ ތަކެތި ދިނުން އެންމެ ރަނގަޅު ކަމަށާއި ފައިސާ ނުދިނުމަށެވެ.