އެލްމެނިއަމް ތެލީގައި ނުކައްކާ! ދަރިފުޅުގެ އައިކިއު ލެވެލް ދަށް ވާނެ!
އެލްމެނިއަމް ތެލީގައި ނުކައްކާ! ދަރިފުޅުގެ އައިކިއު ލެވެލް ދަށް ވާނެ!

މައިންބަފައިން ސަމާލުވާށެވެ. އެލުމިނިއަމް ތެލި، ތަވާ ފަދަ އެއްޗެތީގައި ކާ އެއްޗެތި ތައްޔާރުކޮށް އެފަދަ ތައްޓަށް އަޅައިގެން ކާން ދިނުމަކީ ދަރިންގެ ވިސްނުންތޫނުކަން ހުންނަ މިންވަރު (އައިކިއު ލެވެލް) ދަށްވެ ސްކޫލްގައި ރަނގަޅަށް ނުކިޔެވެން މެދުވެރިވެދާނެ ކަމެކެވެ.

ޖާނަލް ސައިންސް އޮފް ދަ ޓޯޓަލް އެންވަޔަރަންމަންޓްގައި ބުނެފައިވާ ގޮތުގައި ކެޑްމިއަމް އަކީ ކުޑަކުދިންނަށް ނިއުރޯޓޮކްސިކް އެވެ. އޭގެ ސަބަބުން ކިޑްނީ ހަލާކުވުމާއި ކާޑިއޯވެސްކިއުލާ ބަލިތަކުގައި މަރުވުން ފަދަ ކަމެއް ވެސް މެދުވެރިވެދާނެ އެވެ. އަދި އެއީ ކެންސަރު ޖެހޭ މާއްދާ އެއްވެސް މެއެވެ. އެލުމިނިއަމް ތެލީގައި ކެއްކުމުން ނުކުންނަ އަނެއް ބާވަތަކީ ލެޑް އެވެ. ކުޑަކުދިންގެ ހަށިގަނޑަށް މި ނުރައްކާތެރި ބާވަތުގެ އަސަރު ކުރާނަމަ ސިކުނޑި އަށް ގެއްލުން ވުމާއި ވިސްނުމުގައި އުނިކަން ހުރުން އަދި ކިޔެވުމަށް ދަށްވުން ފަދަ ކަންތައްތައް ދިމާވެދާނެ އެވެ.

މި ދިރާސާގައި ބުނެފައިވާ ގޮތުގައި ކައްކަން ބޭނުންކުރާ އެލުމިނިއަމް ތެލި ފަދަ ތަކެއްޗަކީ ކުނީގެ ގޮތުގައި އުކާލާ މެޓަލް އިން އުފައްދާ އެއްޗިއްސެވެ. ތެލި، ތަވާ، ތަށި ފަދަ ތަކެތި އުފައްދަނީ އޮޓޯ އަދި ކޮމްޕިއުޓަރުގެ ބައިތައް، ދަޅު އަދި އިންޑަސްޓްރިއަލް ކުނީގެ ގޮތުގައި އުކާލާފައި ހުންނަ ތަކެތިންނެވެ. އަދި ކުރިން މީގެން އެއްވެސް ގެއްލުމެއް ވާކަން އެނގިފައި ނެތްއިރު މިފަދަ ތަކެތީގައި ތައްޔާރުކުރާ ކާ އެއްޗެތި ކެވިގެން އެތައް މިލިއަން ކުދިންނެއްގެ ސިއްހަތަށް ގެއްލުން ވެފައިވާނެ ކަމަށް މި ދިރާސާގައި ވެއެވެ.

ކޮންމެ ދުވަހަކު މިފަދަ ތެލީގައި ކައްކާފައި ހުންނަ އެއްޗެތި ކާން ދޭނަމަ ކުއްޖާގެ ވިސްނުން ކޮށިވެ ސްކޫލްގައި ރަނގަޅު ނަތީޖާއެއް ނުހޯދި ހުރުމަކީ އެކަށީގެންވާ ކަމެކެވެ.

އޭޝްލޭންޑް ޔުނިވަސިޓީން ކުރި މި ދިރާސާގައި އިސްކޮށް ހުންނެވި ޖެފްރީ ވެއިޑެންހެމާ ވިދާޅުވީ މި ދިރާސާ ކުރުމަށް އެ ބޭފުޅުން ވަނީ ދުނިޔޭގެ ތަރައްގީވަމުން އަންނަ 10 ގައުމެއްގައި ކެއްކުމަށް ބޭނުންކުރާ އެލުމިނިއަމް ތެލި ތަވާ ފަދަ އެއްޗެތީގެ ސާމްޕަލް ނަގައިގެން ޓެސްޓްކޮށްފަ އެވެ.

މި ޓެސްޓުގެ ނަތީޖާ ދެއްކި ގޮތުން ތިން ބައިކުޅަ އެއްބަޔަށް ވުރެ ގިނަ ތެލީގައި ލެޑްގެ އަސަރު ހުއްޓެވެ. އަދި މިފަދަ ތެލީގައި ކައްކާއިރު އެއަށް ވަކި ވަރަށް ހޫނުވުމުން އާސެނިކް އާއި ކަޑްމިއަމް ފަދަ ނުރައްކާތެރި ސަބްސްޓެންސްތައް އުފެދޭކަން ސައިންސްވެރިން ފާހަގަ ކުރި އެވެ.

ސައިންސްވެރިން ވިދާޅުވަނީ މިފަދަ ތެލީގައި ކައްކާ އެއްޗެތީގައި އެލުމިނިއަމް ލެވެލް ހުރި މިންވަރަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑައެޓްރީ ގައިޑްލައިން އަށް ވުރެ ހަ ގުނަ އިތުރު މިންވަރެއް ކަމަށެވެ.