16 މެއި 2023 - 10:55

އަމީނީ މަގުގައި ތާރު އަޅާފައި އޮތް ސަރަހައްދުގައި މިއަދު ހެނދުނު ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ ހެނދުނު 10 ޖަހާކަށް ހާއިރު އަމީނީ މަގު، ކަލާފާނު ސްކޫލް ކުރިމަތީގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. އެ އެކްސިޑެންޓުގައި އަނިޔާވީ ސައިކަލު ދުއްވަން އިން މީހާއަށް ކަމަށް ފުލުހުން ބުންޏެވެ.
އެ މީހާ އަށް މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
"މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުން،" ފުލުހުން ބުންޏެވެ.