ރާއްޖެ އިން ސައުދީއާ އެކު 40 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
ރާއްޖެ އިން ސައުދީއާ އެކު 40 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖެ އިން ސައުދީ އަރަބިއްޔާއާ އެކު 40 މިލިއަން ޑޮލަރު (614 މިލިއަން ރުފިޔާ)ގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ރާއްޖެ އިން ސައުދީއާ އެކު 40 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
ރާއްޖެ އިން ސައުދީއާ އެކު 40 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ފިނޭންސް މިނިސްޓްރީން މިރޭ ބުނީ، އެއީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް "އެސްއެމްއީ އިމްޕެކްޓް ފަންޑު" ހެދުމަށް ސައުދީގެ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާ އެކު ހެދި އެއްބަސްވުމެއް ކަމަށެވެ.

އެ އެއްބަސްވުމުގައި ސޮއިކުރީ މިހާރު ސައުދީގައި ކުރިއަށް ގެންދާ އެ ބޭންކުގެ އަހަރީ ބައްދަލުވުމުގެ ތެރެއިންނެވެ. ދިވެހި ސަރުކާރުގެ ވަފުދެއް އެ ބައްދަލުވުމުގައި އަންނަނީ ބައިވެރިވަމުންނެވެ.

ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ޗެއާމަން އަދި ރައީސް ޑރ. މުހައްމަދު އަލް ޖަސީރު އެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި، ކޮވިޑް-19ގެ ހާލަތުން އަރައިގަނެ ރާއްޖޭގެ އިގުތިސާދު އަލުން ކޮޅަށް ޖެހުމަށް މި ސަރުކާރުން ކުރި މަސައްކަތްތަކަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ ރައީސް ވަރަށް ބޮޑަށް ތައުރީފު ކުރެއްވި އެވެ.

ސައުދީއާއެކު ބޮޑު އެއްބަސްވުމެއްގައި ސަރުކާރުން މި ސޮއިކުރީ އެ ގައުމާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާ ކަމަށް އަޑު ފެތުރިފައި އޮތް ދަނޑިވަޅެއްގަ އެވެ.