"ދީވާރް" އަކީ މިހާތަނަށް ލިޔުނު އެންމެ މޮޅު ސްކްރީންޕްލޭ: އަމީތާބު
"ދީވާރް" އަކީ މިހާތަނަށް ލިޔުނު އެންމެ މޮޅު ސްކްރީންޕްލޭ: އަމީތާބު

އަމީތާބު ބައްޗަންގެ "ދީވާރް" އަށް 42 އަހަރު ފުރުނީ އެވެ. އަމީތާބުގެ ފިލްމީ ކެރިއަރުގެ އެންމެ މުހިއްމު އެއް ފިލްމުގެ ހަނދާން އަމީތާބު އާ ކުރަނީ ވަރަށް ފޮނި ހަނދާންތަކަކާ އެކުގަ އެވެ. އޭނާ ގަބޫލުކުރާ ގޮތުގައި "ދީވާރް"ގެ ސްކްރީންޕްލޭ އަކީ މިހާތަނަށް ތައްޔާރުކުރި އެންމެ މޮޅު ސްކްރީންޕްލޭ އެވެ.

މި މުނާސަބަތާ ގުޅިގެން އަމީތާބު ކޮށްފައިވާ ޓުވީޓްގައި އެ ފިލްމު 100 ހަފުތާ ކާމިޔާބު ކަމާއެކު ހިނގާފައިވާކަން ފާހަގަކޮށް، މިހާރު އެންމެ ހިނގާ ފިލްމުތައް ވެސް މަދު ހަފުތާއަކު ނޫނީ ސިނަމާތަކުގައި ނޯންނަކަން އޭނާ ފާހަގަކުރި އެވެ. އަދި މިއީ ޒަމާނަށް އައިސްފައިވާ ބަދަލު ކަމަށް އޭނާ ބުނެ އެވެ.

ޔާޝް ޗޯޕްރާ ޑައިރެކްޓްކުރި މި ފިލްމަކީ އަމީތާބުގެ ކެރިއަރުގެ ވެސް އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ. "ދީވާރް" އަށް 1975 ވަނަ އަހަރު އެންމެ މޮޅު ފިލްމުގެ ފިލްމްފެއާ އެވޯޑު ލިބިފައި ވެއެވެ.

މީގެ އިތުރަށް ވެސް ފިލްމްފެއާ ހަ އެވޯޑެއް "ދީވާރް" އެ ފަހަރު ހޯދި އެވެ. އެ ފިލްމުގައި އަމީތާބުގެ އިތުރުން ޝަޝީ ކަޕޫރާއި ޕަރްވީން ބާބީ އަދި ނީތޫ ސިންގް އާއި ނިރްޕާ ރޯއީ ވަރަށް މުހިއްމު ރޯލުތަކެއް ކުޅެފައި ވެއެވެ.