ހުޅުމާލޭގެ 8 ތަނެއްގައި ޓްރެފިކް ލައިޓް ހަރުކުރަނީ
ހުޅުމާލޭގެ 8 ތަނެއްގައި ޓްރެފިކް ލައިޓް ހަރުކުރަނީ

ހުޅުމާލޭގައި އެކްސިޑެންޓުތައް ހިންގުން އާންމުވަމުން ދާތީ އެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން 8 ތަނެއްގައި ޓްރެފިކް ލައިޓް ހަރުކޮށް، މަގުތަކަށް އިތުރު ބަދަލުތައް ގެންނަން އާބަންކޯ އިން ނިންމައިފި އެވެ.

ހުޅުމާލޭގެ 8 ތަނެއްގައި ޓްރެފިކް ލައިޓް ހަރުކުރަނީ
ހުޅުމާލޭގެ 8 ތަނެއްގައި ޓްރެފިކް ލައިޓް ހަރުކުރަނީ

އެ ކުންފުނިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހުޅުމާލޭގެ އާބާދީ އިތުރުވެ، ކާރުބާރު ބޮޑުވުމާ ގުޅިގެން އެކްސިޑެންޓްތައް ހިނގާ އަދަދު އިތުރުވަމުން ދާތީ، މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެކަމަށް ހައްލެއް ހޯދައިދިނުމަށް ކަމާ ބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އާބަންކޯ އިން ބުންޏެވެ.

ހުޅުމާލޭގެ 8 ތަނެއްގައި ޓްރެފިކް ލައިޓް ހަރުކުރަނީ
ހުޅުމާލޭގެ 8 ތަނެއްގައި ޓްރެފިކް ލައިޓް ހަރުކުރަނީ

"ފުލުހުންނާ ގުޅިގެން މަގުތަކުގެ ރައްކާތެރިކަން އިތުރުކޮށް، ދުއްވާ އުޅަނދުތަކުގާއި އުޅޭ ފަރާތްތަކާއި ހިނގާފައި އުޅޭ ފަރާތްތަކަށް ފަސޭހަ ވާނެ އަދި ރައްކާތެރި ގޮތްތަކެއް ހޯދައިދިނުމަށް ފުރިހަމަ ޕްލޭންއެއް އެކުލަވާލާ މަސައްކަތްތައް މިހާރު ވަނީ ފެށިފަ އެވެ،" އެ ބަޔާނުގައިވެ އެވެ.

ހުޅުމާލޭގެ 8 ތަނެއްގައި ޓްރެފިކް ލައިޓް ހަރުކުރަނީ
ހުޅުމާލޭގެ 8 ތަނެއްގައި ޓްރެފިކް ލައިޓް ހަރުކުރަނީ

އާބަންކޯ އިން ބުނިގޮތުގައި، ވަގުތުން ގެނެވެން ހުރި ބަދަލުތައް ދެނެގަނެ، އެކްސިޑެންޓްތައް މަދުކުރުމަށް ބޮޑެތި މަގުތަކުގެ މެދުގައި ޑިވައިޑަރު ހަރުކުރަން މިހާރު އޮތީ ނިންމައިފަ އެވެ. އެކަން ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޔޫ ޓާން ނަގައި މީހުން ގަވާއިދާ އެއްގޮތަށް އެކަން ކުރުމަށް ބާރު އެޅުމެވެ. އެކަން އަންގައިދޭ ބޯޑުތައް ވެސް މަގުމަތީގައި ހަރުކުރާނެ އެވެ.

ހުޅުމާލޭގެ 8 ތަނެއްގައި ޓްރެފިކް ލައިޓް ހަރުކުރަނީ
ހުޅުމާލޭގެ 8 ތަނެއްގައި ޓްރެފިކް ލައިޓް ހަރުކުރަނީ

• ހިނގާފައި އުޅޭ މީހުންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ޓްރެފިކް ލައިޓް ދެ ތަނެއްގައި މިހާރު ހަރުކޮށް އަންނަނީ ޓެސްޓް ކުރަމުން.

• ހުޅުމާލޭގެ ކާރުބާރު ބޮޑު 8 ތަނެއްގައި މި ކަހަލަ ލައިޓް ހަރުކުރާނެ.

• ފުލުހުންނާ ގުޅިގެން ބައެއް މަގުތަކުގެ ވެހިކަލް ފްލޯ އަށް ބަދަލު ގެނައުން.

"... ބައެއް މަގުތަކުގެ ޓްރެފިކް ފްލޯ ބަދަލުކޮށް، ވީހާ ވެސް ރައްކާތެރި ގޮތްތަކެއް އަދި އާއްމުންނަށް ފަސޭހަ ވާނެ ގޮތްތަކެއް މި މަސައްކަތްތަކުގެ ތެރެއިން ބަލައި މަގުތަކަށް ބަދަލުތައް ގެނެވޭނެ އެވެ،" އެ ކުންފުނިން ބުންޏެވެ.

އެކްސިޑެންޓުތައް މަދުކުރުމަށް ކުރާ މަސައްކަތުގެ ދަށުން މިހާރު ޓްރެފިކް ލައިޓް ހަރުކޮށް، ޓެސްޓު ކުރަމުން އަންނަނީ ހުޅުމާލެ ހޮސްޕިޓަލްގެ ކުރިމައްޗާއި ހުޅުމާލެ 2 ގެ ހިޔާ ފްލެޓް ސަރަހައްދުގަ އެވެ.

ހުޅުމާލެ 2 ގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުން މިހާރު ވަނީ އާންމު ކަމަކަަށް ވެފަ އެވެ. މިދިޔަ މަހާއި މި މަހު އެ ސަރަހައްދުގައި ހިނގި އެކްސިޑެންޓުތަކުގައި ދެ މީހަކު މަރުވެފައިވެ އެވެ.