15 މެއި 2023 - 14:42

މިދިޔަ މަހު ޑެންގީގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އެ އިދާރާގެ ތަފާސްހިސާބުން ދައްކާ ގޮތުން މިދިޔަ މަހު ޑެންގީގެ 320 ކޭހެއްގެ ރިޕޯޓް ލިބުނެވެ. އެއީ އޭގެ ކުރީ މަހާ އަޅާ ބަލާއިރު 151 ކޭސްގެ އިތުރުވުމެކެވެ.
އިންފުލުއެންޒާ ވެސް މި އަހަރުގެ މިހާތަނަށް ވަނީ އިތުރުވެފަ އެވެ. އިންފްލުއެންޒާ އަށް މިހާތަނަށް 609 މީހުން ޓެސްޓުކޮށްފައި ވާއިރު 75 މީހުން ޕޮޒިޓިވްވި އެވެ.
މިދިޔަ މަސް ފެށުނުއިރު ރޯގާ، ކޮވިޑް އަދި ބޭރަށް ހިންގުން އިތުރުވި ނަމަވެސް މަސް ނިމުނުއިރު ވަނީ އެ އަދަދު މަދުވެފަ އެވެ.
މިދިޔަ މާޗް މަހު 37،969 ކޭސް ރިޕޯޓުކޮށްފައި ވާއިރު، މިދިޔަ މަހު ރިޕޯޓު ކޮށްފައި ވަނީ 29،970 ކޭސް އެވެ.
އެޗްޕީއޭން ވަނީ އަރިދަފުސް ރޯގާ އާއި ކޮވިޑުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފަ އެވެ.
- ކެއްސައި ކިނބިހި އަޅާއިރު ނޭފަތާއި އަނގަ ނިވާކުރުން
- ސައިބޯނި ލައިގެން އަތްދޮވެ، ސާފުކޮށްފައި ބެހެއްޓުން
- ރޯގާ ޖެހިއްޖެ ނަމަ، މީހުން އެއްވާ ތަންތަނަށް ނުދިއުން
- މާ ބޮޑަށް ގޯސްވާ ނަމަ ޑޮކްޓަރަށް ދެެއްކުމާއި އިންފްލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިން ޖެހުން
- ސެނެޓައިޒާ ބޭނުުންކުރުން
ރާއްޖެ އިން މިހާތަނަށް 186،526 މީހަކަށް ކޮވިޑް ޖެހިފައިވެ އެވެ. އޭގެ 314 މީހަކު ވަނީ މަރުވެފަަ އެވެ.