14 މެއި 2023 - 23:00

ފުލުހެއްގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހެއްގެ އިނގިލީގައި ދަތް އެޅި ޒުވާނަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުގެ ބަންދަށް 15 ދުވަސް ދީފި އެވެ.
މާރާމާރީ ހިންގައި، ފުލުހުންގެ ދައުރަށް ހުރަސް އެޅުމުގެ ތުހުމަތުގައި ހައްޔަރުކުރި ވ. ރަކީދޫ، އިބްރާހިމް ނާއިލް، 23، ގެ މައްޗަށް ނެރުނު އަމުރުގައި ވަނީ އޭނާ ބަންދުކުރީ ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރަކަށް ހެކި ހުށަހަޅާފައިވާތީ ކަމަށެވެ. އޭގެ ތެރޭގައި ސީނަށް ދިޔަ ފުލުހުންގެ ބަޔާނާއި ފޮޓޯ ރިޕޯޓެއް ހުށަހަޅާފައިވެ އެވެ. ފޮޓޯ ރިޕޯޓުގައިވާ ގޮތުން ފުލުހެއްގެ ކަނާއަތުގައި ދަތް އަޅާފައިވާކަން އެނގޭ ކަމަށްވެ އަމުރުގައިވެ އެވެ.
އެހެންވެ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޭނާ ބަންދުގައި ބަހައްޓަން އަމުރުކުރީ އެވެ. ކޯޓު އަމުރުގައިވާ ގޮތުން އޭނާއަކީ މީގެ ކުރިން ވެސް އެ ބާވަތުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، ކުށުގެ ރިކޯޑު އޮތް މީހެކެވެ.