"އޮޕަންހައިމާ" އެއީ މިހާތަނަށް ކީ އެންމެ ރީތި ސްކްރީންޕްލޭ: ސިލިއަން
"އޮޕަންހައިމާ" އެއީ މިހާތަނަށް ކީ އެންމެ ރީތި ސްކްރީންޕްލޭ: ސިލިއަން

މަޝްހޫރު ޑައިރެކްޓަރު ކްރިސްޓޮފާ ނޮލަންގެ "އޮޕަންހައިމާ" އަކީ މިހާތަނަށް ކީ އެންމެ ރީތި ސްކްރީންޕްލޭ ކަމަށް، އެ ފިލްމުގެ ލީޑު ރޯލު ކުޅޭ ސިލިއަން މާފީ ބުނެފި އެވެ.

"އޮޕަންހައިމާ" އެއީ މިހާތަނަށް ކީ އެންމެ ރީތި ސްކްރީންޕްލޭ: ސިލިއަން
"އޮޕަންހައިމާ" އެއީ މިހާތަނަށް ކީ އެންމެ ރީތި ސްކްރީންޕްލޭ: ސިލިއަން

"ޕީކީ ބްލައިންޑާސް" އާއި ނޮލަންގެ "އިންސެޕްޝަން" ފަދަ އުފެއްދުންތަކުން މަގްބޫލުކަން ހޯދި ސިލިއަން ބުނީ އޭނާ އަކީ "އަބަދުވެސް ކްރިސް ނޮލަންގެ ފޭނެއް" ކަމަށާއި، މިއީ އޭނާގެ މުޅި ކެރިއާގައި ވެސް ފެނުނު އެންމެ ރީތި ސްކްރީންޕްލޭ ކަމަށެވެ.

ކައި ބާޑް އަދި މާޓިން ޖޭ. ޝާވިން ލިޔެފައިވާ އެވޯޑު ވިނިން ފޮތް، "އެމެރިކަން ޕްރޮމީތިއަސް" އަށް ބިނާކޮށް ނޮލަން ޑައިރެކްޓުކުރާ ބައިލޮޖިކަލް ޑްރާމާ ފިލްމުގައި ސިލިއަން ކުޅޭނީ، ޓައިޓަލް ކެރެކްޓާ އޮޕަންހައިމާ އެވެ. އޭނާ އަކީ "އެޓޮމިކް ބޮމުގެ ބައްޕަ" ގެ ލަގްބް ދީފައިވާ ކުރީގެ އެމެރިކާގެ ފިޒިސިސްޓެކެވެ.

މިފިލްމުގައި ސިލިއަންއާ އެކު ވަރުގަދަ ކާސްޓެއް ހިމެނެ އެވެ. އޭގެ ތެރޭގައި، އެމިލީ ބްލަންޓާއި މެޓް ޑޭމަން އާއި ރޮބާޓް ޑައުނީ ޖޫނިއާގެ އިތުރުން ޖޯޝް ހާޓްނެޓް ފަދަ އެކްޓަރުން ހިމެނެ އެވެ. އަދި ބޭރުގެ ނޫސްތަކުން ބުނާގޮތުގައި، މި ފިލްމުގައި އަސްލު ސައިންޓިސްޓުން ވެސް ނޮލަން ވަނީ ކާސްޓުންގެ ގޮތުގައި ހިމަނައިފަ އެވެ.

ސިލިއަން އެންމެ ފުރަތަމަ ނޮލަންއާއެކު މަސައްކަތް ކުރީ އޭނާގެ މަޝްހޫރު ފިލްމު "ބެޓްމޭން ބިގިންސް" ގައި ޑރ. ކޭންގެ ރޯލުންނެވެ. އެ ރޯލުގައި ސިލިއަން ދެއްކި ޕަފޯމަންސް ކަމުގޮސް، ނޮލަން ވަނީ އޭނާގެ ބައެއް ފިލްމުތަކެއްގައި ސިލިއަން ކާސްޓުކޮށްފަ އެވެ. އޭގެ ތެރޭގައި، ނޮލަންގެ މަޝްހޫރު "އިންސެޕްޝަން" ފިލްމުގެ މުހިންމު ރޯލެއް ހިމެނެ އެވެ. އެކަމަކު، "އޮޕަންހައިމާ" އަކީ މިހާތަނަށް ސިލިއަން އާއި ނޮލަންގެ އެންމެ ބޮޑު ޕްރޮޖެކްޓު ކަމަށް ގިނަބަޔަކު ދެކެ އެވެ.

ފިލްމުގެ ޓްރެއިލާ މިހާރު ނެރެފައިވާއިރު، ސިނަމާތަކުގައި މި ފިލްމު އަޅުވަން ހަމަޖެހިފައި ވަނީ އަންނަ ޖުލައި މަހުގެ 21 ވަނަ ދުވަހު އެވެ.