ލޯބި ފޮޓޯތަކަކާ އެކު ޕަރިނިތީ އާއި ރަގަވް އެންގޭޖުމަންޓް އިއުލާންކޮށްފި
ލޯބި ފޮޓޯތަކަކާ އެކު ޕަރިނިތީ އާއި ރަގަވް އެންގޭޖުމަންޓް އިއުލާންކޮށްފި

ބޮލީވުޑްގެ ބަތަލާ ޕަރިނިތީ ޗޯޕްރާ އާއި އޭނާގެ ލޯބިވެރިޔާ، އިންޑިއާގެ އާމް އާދްމީ ޕާޓީ (އޭއޭޕީ) ގެ ލީޑަރެއް ކަމަށްވާ ރަގަވް ޗާދާ އެންގޭޖުވެއްޖެ އެވެ.

ލޯބި ފޮޓޯތަކަކާ އެކު ޕަރިނިތީ އާއި ރަގަވް އެންގޭޖުމަންޓް އިއުލާންކޮށްފި
ލޯބި ފޮޓޯތަކަކާ އެކު ޕަރިނިތީ އާއި ރަގަވް އެންގޭޖުމަންޓް އިއުލާންކޮށްފި

އިންޑިއާގެ ނޫސްތަކުން ބުނި ގޮތުގައި، އެ ދެމީހުން އެންގޭޖުވީ އިއްޔެ ނިއު ދިއްލީގައި ބޭއްވި ކުޑަ ހަފްލާއެއްގަ އެވެ.

އެ ހަފްލާއަށް ފަހު ޕަރިނިތީ ވަނީ އިންސްޓަގްރާމްގައި އެންގޭޖުމަންޓުގެ ހިތްގައިމު ފޮޓޯތަކާ އެކު ފޭނުންނާ އެ ޚަބަރު ހިއްސާކޮށްފަ އެވެ. އެ ފޮޓޯތަކާ އެކު ބުނެފައިވަނީ "އާއެކޭ ބުނެފިން" ކަމަށެވެ.

އެއް ކުލައިން ހެދުން އަޅައިގެން ތިބެ ނަގާފައިވާ ފޮޓޯތަކާ އެކު ޕަރިނިތީގެ އެންގޭޖުމެންޓު އަނގޮޓި ވެސް ދައްކާލި އެވެ.

ޕަރިނިތީ އާއި ރަގަވް ރައްޓެހިވެގެން އުޅޭކަމުގެ އަޑުތައް ފުރަތަމަ ފެތުރުނީ މިދިޔަ މާޗު މަހު، މުމްބާއީގައި ދެ މީހުން އެކަނި ފެނުމުންނެވެ. އޭގެ ފަހުން، އެކިފަހަރު މަތިން އެ ދެމީހުން ވަނީ އެކީގައި ފެނިފަ އެވެ. އެކަމަކު ރައްޓެހިވެގެން އުޅޭކަމަށް ބުނާ އަޑުތަކަށް އެއްވެސް ކަހަލަ ޖަވާބެއް ނުދެ އެވެ.

ޕަރިނިތީ އާއި ރަގަވް އިނގިރޭސިވިލާތުގެ ލަންޑަންގެ ސްކޫލް އޮފް އިކޮނޮމިކްސް އިން އެކީ ކިޔެވި އެވެ. އަދި އެ ދެމީހުންނަކީ ދުވަސްވީ ދެ ރަހުމަތްތެރިންކަމަށް ވެސް ބުނެފައިވެ އެވެ.

ޕަރަނިތީ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ނިކުތް "އުންޗައި" ފިލްމުންނެވެ. ދެން އޭނާ އެންމެ އަވަހަށް ފެންނާނީ އިމްތިޔާޒް އަލީ ޑައިރެކްޓުކުރާ "ޗަމްކިލާ" ފިލްމުންނެވެ.

އުމުރުން 34 އަހަރުގެ ރަގަވް އަކީ އިންޑިއާގެ ޕަންޖާބުގެ، ރަޖްޔާ ސާބާ ޕާލަމެންޓުގެ އެންމެ ހަގު މެންބަރެވެ. އޭނާ ވަނީ މީގެ ކުރިން ދިއްލީގެ ސިޔާސީ އިސް މަގާމުތައް އަދާކޮށްފަ އެވެ.