ނެގި ފޮޅަކަށް ފަހު ފައި ބުރިކޮށްލަން ޖެހި ވަރަށް ހާލުގައި!
ނެގި ފޮޅަކަށް ފަހު ފައި ބުރިކޮށްލަން ޖެހި ވަރަށް ހާލުގައި!

މީގެ ހަތަރު އަހަރު ކުރިން އައިޝަތު މޫސާ އަކީ ފިރިމީހާ އާއި ދެ ދަރިންގެ ހުރިހާ ކަމެއް ބަލަހައްޓައި ސިއްހީ އެއްވެސް އުނދަގުލެއް ނެތި އުޅުނު މީހެކެވެ. އެކަމަކު އައިޝަތުގެ ކަނާތު ފައިފައި ނެގި ފޮޅެއް ފަސޭހަ ނުވެ ފައި ބުރިކޮށްލަން ޖެހުނު ހިސާބުން އެ ހުރިހާ ކަމެއް ބަދަލުވެއްޖެ އެވެ. މީހަކަށް ތަކުލީފެއް ނުޖައްސައި އުޅުނު ދިރިއުޅުން މިއަދު ބިނާވެފައިވަނީ އެހެން މީހުންގެ އެހީއަށެވެ.

ނެގި ފޮޅަކަށް ފަހު ފައި ބުރިކޮށްލަން ޖެހި ވަރަށް ހާލުގައި!
ނެގި ފޮޅަކަށް ފަހު ފައި ބުރިކޮށްލަން ޖެހި ވަރަށް ހާލުގައި!

ތ. ތިމަރަފުށި، އުމުރުން 39 އަހަރުގެ އައިޝަތުގެ ފިރިމީހާ އަހުމަދު ފައިޒާން، "މިހާރު" އަށް ކިޔައިދިން ގޮތުގައި 2019 ވަނަ އަހަރުގެ މާޗު ހިސާބުގައި އަނބިމީހާގެ ފައިގައި ނެގީ ކުޑަކުޑަ ފޮޅެކެވެ. އެކަމަކު އެ ފޮޅު ބޮޑުވެ އިނގިލިތަކާ އެކު ކަޅުވާން ފެށީ އެވެ. ފަރުވާއަށް މާލެ އައީ، އާދައިގެ ކަމަކަށް ވުރެން ސީރިއަސްވާ ހެން ހީވާތީ ކަމަށް ފައިޒާން ބުންޏެވެ.

ނެގި ފޮޅަކަށް ފަހު ފައި ބުރިކޮށްލަން ޖެހި ވަރަށް ހާލުގައި!
ނެގި ފޮޅަކަށް ފަހު ފައި ބުރިކޮށްލަން ޖެހި ވަރަށް ހާލުގައި!

ފުރަތަމަ ދެއްކީ ކްލިނިކަށެވެ. އެކަމަކު އެތަނުން އެދުނީ ހޮސްޕިޓަލަކުން ފަރުވާ ހޯދާށެވެ.

"މާލެ ގޮސްފައި އަވަސް ކުރަންވެގެން އަޅުގަނޑުމެން ދިޔައީ އީވް ކްލިނިކަށް. އެކަމަކު އެތަނުން އެހެން ތަނަކަށް ދާން ލަފާދިނީމާ ދެން ދިޔައީ އައިޖީއެމްއެޗަށް،" ކަންކަން ބަދަލުވާން ފެށި ގޮތް ފައިޒާން ކިޔައިދިނެވެ.

އައިޖީއެމްއެޗުން ދެއްކި ޑޮކްޓަރުގެ ލަފަޔާ އެކު އެ ހޮސްޕިޓަލުން އައިޝަތުގެ ފައިގެ ކަށިމަތިން ބުރިކޮށްލީ އެވެ. އެކަމަކު އޮޕަރޭޝަނަށް ފަހު، އެތަނުގައި ދޮސްލައި، އިތުރު އުނދަގޫތަކެއް ކުރިމަތިވުމުން ފައިޒާން އާއި އެ މީހުންގެ އާއިލާއިން މީހުންގެ އެހީ ހޯދައިގެން އިންޑިއާގެ ޓްރިވެންޑްރަމަށް ގޮސް ފަރުވާ ފެށި އެވެ.

އެކަމަކު އޭރު ޓްރިވަންޑްރަމްގެ ނިރުމަލާ ހޮސްޕިޓަލުން ފަރުވާ ހޯދަން ގޮސް ހުއްޓައި އައިޝަތަށް ކުރިމަތިވީ އަނެއްކާ ބޮޑު ހިތާމަ އެކެވެ. އޭނާގެ ކަނާއަތު ފައިގެ ނާރުތަކެއް "ހަމަ ހުރެފައި" ބުރިވީ ކަމަށް ފައިޒާން ބުންޏެވެ. އެހެންވެ ދެން ޖެހުނީ ކަކުލުން މަތިން ބުރިކޮށްލާށެވެ.

"އަޅުގަނޑުމެން ފަރުވާއަށް ޓްރިވަންޑްރަމުގައި ތިއްބާ ހަމަ ނާރުތައް ބުރިވީ. އެ ދުވަހު އޮޓޯއަކަށް އަރުވައިގެން އެ ހޮސްޕިޓަލަށް ގެންދިޔައީ. ބައިވަރު ލޭ ފޭބި. ތިން ޕައިންޓު ލޭ ވެސް އަޅަން ޖެހުނު،"

އޭގެ ފަހުން އެއް ފަޔާ އެކު ފުރޮޅުލީ ގޮނޑިއެއްގައި އައިޝަތަށް އުޅެން ޖެހިފައިވާއިރު އަދިވެސް އޭނާގެ އެ ވޭނަށް ނިމުމެއް ނާދެ އެވެ.

އައިޝަތުގެ ބައްޔަކީ ސެޕްސިސް އެވެ. މިއީ ހަށިގަނޑަށް ޖެހޭ އިންފެކްޝަނަކާ ދެކޮޅަށް ހަށިގަނޑުން އާދަޔާ ހިލާފަށް މަސައްކަތްކުރުން ނުވަތަ "އެކްސްޓްރީމް ރެސްޕޮންސް" ގެ ސަބަބުން ކުރިމަތިވާ ކަމެކެވެ. މިއީ ފުރާނައަށް ނުރައްކާވާ ހާލަތެކެވެ. ސެޕްސިސްގެ އަލާމާތްތައް ފެންނަން ފަށަނީ އިންފެކްޝަނެއް ޖެހިފައި ވަނިކޮށް އެކަމާ ގުޅިގެން އެތައް ބައިވަރު ކަންތައްތަކެއް ހަށިގަނޑުން ހިނގަން ފެށުމުންނެވެ. ސެޕްސިސް އަށް މަގުފަހިވާ އިންފެކްޝަން އާންމު ގޮތެއްގައި ފެށެނީ ފުރަމޭ، ކުޑަކަމުދާ ނިޒާމު ނުވަތަ ހަމުންނެވެ. އެކަށީގެންވާ ފަރުވާ ނުދެވިއްޖެ ނަމަ ފުރާނައަށް ނުރައްކާވެ އެވެ.

މިފަހަރު ވައަތު ފައިގެ ފަލަމަސްގަނޑާއި އުކުޅުވަޅުގައި ވެސް ފޮޅުތަކެއް ނަގައި، ދޮސްލީ އެވެ. އެކަމަށް ތ. އަތޮޅު ހޮސްޕިޓަލުން ވެސް ފަރުވާ ހޯދި އެވެ. އެކަމަކު ލުޔެއް ނުލިބި ދެ އަތްތިލައިގެ ހުދު ހަމުގައި ވެސް ފޮޅު ނަގައި ފަޅައިގެން ގޮސް، ދޮސްލަނީ އެވެ. އެހެން ވިމުން ކަށިގަނޑު ވެސް ފެންނަން އެބަހުއްޓެވެ.

މިހާރު ތިން ވަނަ ފަހަރަށް ފައިޒާން ހުރީ އޭނާގެ އަންހެނުން ގޮވައިގެން އިންޑިއާއަށް ޑޮކްޓަރަށް ދައްކަން ގޮހެވެ. އެކަމަކު ބޭސް ފަރުވާގެ ހުރިހާ ކަމަކަށް އޭނާ ހަރަދުކުރަނީ އަމިއްލައެވެ. އޭނާ ބުނި ގޮތުގައި އާސަންދަގެ އެހީ ހޯދަން މާ ގިނަ ދުވަސް ނަގާތީ އާއި އެކަމުގައި އޭނާއަށް އެހީވާނެ މީހަކު ނެތުމުން އަންހެނުންގެ ހާލަތު އިތުރަށް ގޯސް ނުވަނީސް ފުރައިގެން ދިޔައީ އެވެ.

"ދެވަނަ ފަހަރަށް އައިއިރު ލިބުނު އާސަންދަ އެހީ. އެކަމަކު އެއީ ވެސް މަހެއްހާ ދުވަހު އުޅެގެން. އެހެންވެ މިފަހަރު އެހާ ދުވަހު އުޅެވެން ނެތީމާ އަވަހަށް އައީ. މާލޭގައި ވެސް ހުންނަން ޖެހެނީ ދުވާލަކު 700ރ. ދީގެން ކުލީ ކޮޓަރީގައި. އަޅުގަނޑަކީ މާލެއަށް ފަރިތަ މީހެއް ނޫން. ވަރަށް ހަރަދު ހިނގާތީ އަވަހަށް އައީ. އޮންލައިންކޮށް ވެސް އެކަން ކުރަން އެނގެނީއެއް ނޫން. މާލެކޮޅުން އެކަން ކޮށްދޭނެ މީހެއް ވެސް އަޅުގަނޑުމެންގެ ހުރީކީ ނޫން،" އާންމުންގެ އެހީތެރިކަމަށް ބޭނުންވެފައިވާ އެ އާއިލާ އިން ބުންޏެވެ.

ބޭސް ފަރުވާގެ ހަރަދުތަކުގެ އިތުރުން، އިންޑިއާގައި ހުރުމާއި ކެއުމަށް ވެސް ގިނަ ހަރަދުތަކެއް ހިނގާނެތީ އެ އާއިލާ އިން ވަނީ އާންމުންގެ އެހީތެރިކަމަށް ބޭނުންވެފަ އެވެ. ފައިޒާން އަކީ އާއިލާގެ ހަރަދުތައް ބަލަހައްޓާ މީހާއަށްވެފައި، އަނބިމީހާ ގޮވައިގެން މިވަގުތު އޭނާ އިންޑިއާގައި ހުރުމުން އާމްދަނީ ލިބޭނެ މަގު ވެސް ވަނީ ބަންދުވެފަ އެވެ.

ފައިޒާން ބުނި ގޮތުގައި އެ މީހުން ބޭހަށް އިންޑިއާއަށް އަންނަ ކޮންމެ ފަހަރަކު ދަރިން ސްކޫލަށް ދާނެ ގޮތެއް ވެސް ނޯވެ އެވެ. އަނބިމީހާގެ މަންމައަކީ ވެސް ބަލި މީހަކަށްވާތީ ކުދިން ގޮވައިގެން ސްކޫލަށް ހިނގަން އުނދަގުލެވެ. އެހެންވެ، މިފަހަރު ވެސް ފަރުވާއަށް ދިޔައީ ކުދިން، އޭނާގެ އުފަންރަށް، ޅ. ނައިފަރުގަައި ބައިތިއްބައިފަ އެވެ.

އެހެންވެ، މީ އެންމެ އަވަހަކަށް ރާއްޖެއަށް ދާން އެ މީހުން ވެސް ބޭނުންވެ އެވެ. އެކަމަކު އެކަން ވާނީ އަނބިމީހާގެ ބަލި ހާލަތަށް ކުޑަވެސް ލުޔެއް ލިބިގެންނެވެ.