އުރީދޫގެ "ހަދިޔާ ފޮށި"، އެންމެ ކާމިޔާބު ރޯދަ ޕްރޮމޯޝަން
އުރީދޫގެ "ހަދިޔާ ފޮށި"، އެންމެ ކާމިޔާބު ރޯދަ ޕްރޮމޯޝަން

“އޭ، ފޮށި ހުޅުވއިފިންތަ؟ ކޯނޗެއް ލިބުނީ” މިދިޔަ ރޯދަ މަހު އުރީދޫ ނެޓްވޯކުގެ ބޭނުން ކުރަމުން ދިޔަ ކޮންމެ މީހަކު ވެސް އެކަކު އަނެކަކާ ކުރަމުން ދިޔަ ސުވާލަކީ އެއީ އެވެ. ރޯދަމަހާ ދިމާކޮށް އުރީދޫގެ މޮބައިލް އެޕަށް ފޮނުވި "ހަދިޔާ ފޮށި" ހުޅުވިތޯ އެކަކު އަނެކަކު ސޯޝަލް މީޑިއާގައި ވެސް އަހަމުން ދިޔައީ ވަރަށް ފޯރީގަ އެވެ.

އުރީދޫގެ "ހަދިޔާ ފޮށި"، އެންމެ ކާމިޔާބު ރޯދަ ޕްރޮމޯޝަން
އުރީދޫގެ "ހަދިޔާ ފޮށި"، އެންމެ ކާމިޔާބު ރޯދަ ޕްރޮމޯޝަން

އުރީދޫގެ މި އަހަރުގެ ރޯދަ ހަދިޔާ ނިންމައި ހުރިހާ އިނާމުތަކެއް މިހާރު ވަނީ ހަވާލުކޮށްފަ އެވެ. އެ ކުންފުނިން ބުނި ގޮތުގައި “ހަދިޔާ ފޮށި” ގޭމަށް ބޮޑު ތަރުހީބެއް ލިބުނެވެ.

އުރީދޫގެ "ހަދިޔާ ފޮށި"، އެންމެ ކާމިޔާބު ރޯދަ ޕްރޮމޯޝަން
އުރީދޫގެ "ހަދިޔާ ފޮށި"، އެންމެ ކާމިޔާބު ރޯދަ ޕްރޮމޯޝަން

"އަސްލު އަޅުގަނޑުމެން ހީކުރި ވަރަށް ވުރެ ބޮޑު ތަރުހީބެއް މި އަށް ލިބުނު. އަޅުގަނޑުމެން ބޭނުންވީ މި ރޯދަމަހު ކޮންމެ ކަސްޓަމަރަކަށް ވެސް ކޮންމެވެސް ހަދިޔާ އެއް ދޭން،" އުރީދޫގެ އެސިސްޓެންޓް ޕީއާރު މެނޭޖަރު، ބްރޭންޑް އެންޑް މާކޮމްސް ނާއިފާ ޖިހާދު ވިދާޅުވި އެވެ.

އުރީދޫގެ "ހަދިޔާ ފޮށި"، އެންމެ ކާމިޔާބު ރޯދަ ޕްރޮމޯޝަން
އުރީދޫގެ "ހަދިޔާ ފޮށި"، އެންމެ ކާމިޔާބު ރޯދަ ޕްރޮމޯޝަން

އޭނާ ވިދާޅުވި ގޮތުގައި އެ ގޭމްގެ ސަބަބުން ހެޔޮ އަގުގައި އެ ކުންފުނިން ފޯރުކޮށް ދެމުންދާ ޑޭޓާ އޮފާތަކުގެ ނަތީޖާ ވެސް ރަނގަޅެވެ.

ހަދިޔާ ފޮށީގައި އުރީދޫގެ ޑޭޓާގެ އިތުރުން އަގުހުރި ބޮޑެތި ގިނަ އިނާމުތަކެއް ހިމެނި އެވެ. އޭގެ ތެރޭގައި ސްމާޓް ޓީވީ އާއި އައިފޯން 14 ޕްރޯ އާއި ސްކޫޕީ ސައިކަލާއި ބަދިގެ ސާމާނު އަދި އެއާ ޕޮޑްސް އާއި ރިސޯޓް ޗުއްޓީ ފަދަ އެކި އިނާމުތައް ހިމެނެ އެވެ.

އުރީދޫން ބުނީ، ރާއްޖޭގެ އެކި ހިސާބުތަކުގެ ކަސްޓަމަރުންނަށް އެ ހަދިޔާތައް ލިބިފައިވާ ކަމަށެވެ. ހަދިޔާ ލިބުނު ހުރިހާ ކަސްޓަމަރުންނަށް ހަދިޔާތައް ހަވާލު ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

އުރީދޫން ބުނި ގޮތުގައި ހަދިޔާ ފޮށި ގޭމަކީ އެ ކުންފުނީގެ އެންމެ ކާމިޔާބު އެއް ރޯދަ ޕްރޮމޯޝަނެވެ.

ހަދިޔާ ފޮށި ގޭމް އަމާޒު ކުރީ އުރީދޫގެ އެޕަށެވެ. އެ ގޭމްގައި ހިމެނޭ ހަދިޔާ ފޮށި ހުޅުވުމުގެ ފުރުސަތު ދިނީ ކޮންމެ 24 ގަޑިއިރަކު އެއް ފަހަރު އެވެ.