ޓްރިޕްއެޑްވައިޒާ އިން ހޮވާ އެންމެ ރަނގަޅު ރިސޯޓްތަކުގެ ތެރޭގައި ރާއްޖޭގެ ރިސޯޓްތަކެއް ހިމެނިއްޖެ
ޓްރިޕްއެޑްވައިޒާ އިން ހޮވާ އެންމެ ރަނގަޅު ރިސޯޓްތަކުގެ ތެރޭގައި ރާއްޖޭގެ ރިސޯޓްތަކެއް ހިމެނިއްޖެ

މަޝްހޫރު ޓްރެވަލް ވެބްސައިޓް، ޓްރިޕްއެޑްވައިޒާ އިން ހޮވާ ދުނިޔޭގެ އެންމެ ރަނގަޅު ޓޫރިސްޓް ހޮޓާ އަދި ރިސޯޓްތަކުގެ ތެރޭގައި ރާއްޖޭގެ ރިސޯޓްތަކެއް ހިމެނިއްޖެ އެވެ.

ޓްރިޕްއެޑްވައިޒާ އިން ހޮވާ އެންމެ ރަނގަޅު ރިސޯޓްތަކުގެ ތެރޭގައި ރާއްޖޭގެ ރިސޯޓްތަކެއް ހިމެނިއްޖެ
ޓްރިޕްއެޑްވައިޒާ އިން ހޮވާ އެންމެ ރަނގަޅު ރިސޯޓްތަކުގެ ތެރޭގައި ރާއްޖޭގެ ރިސޯޓްތަކެއް ހިމެނިއްޖެ

އަހަރަކު އެއްފަހަރު ނެރޭ ލިސްޓްގެ މި އަހަރުގެ އަދަދު އިއްޔެ ވަނީ ނެރެފަ އެވެ. އެ ލިސްޓުގައި ބުނެފައިވާ ގޮތުގައި، ހުރިހާ ގޮތަކުން ބަލާއިރު ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ހޮޓާތަކުގެ ތެރޭގައި ރާއްޖޭގެ ދެ ރިސޯޓެއް ހިމެނެ އެވެ. އެއީ ޖޭއޭ މަނަފަރާއި ކަނދޮޅު މޯލްޑިވްސް އެވެ.

މީގެ އިތުރުން، އެންމެ މަތީ ފަންތީގެ ރިސޯޓްތަކުގެ ތެރެއިން ދުނިޔޭގެ ނިސްބަތުން އެންމެ ފާހަގަކޮށްލެވޭ ތަންތަނުގެ ތެރޭގައި ބަރޮސް މޯލްޑިވްސް އާއި ކަނދޮޅު މޯލްޑިވްސް ރިސޯޓް ހިމެނިފައިވެ އެވެ. އަދި ދުނިޔޭގެ އެންމެ ރޮމޭންޓިކް ރިސޯޓްތަކުގެ ތެރޭގައި ވެސް ރާއްޖޭގެ އެ ދެ ރިސޯޓް ހޮވިފައިވެ އެވެ.

މުޅި އޭޝިއާ އިން އެންމެ ރަނގަޅު ރިސޯޓްތަކުގެ ތެރޭގައި ވެސް ރާއްޖޭގެ ފަސް ރިސޯޓެއް ހޮވިފައިވެ އެވެ. އެއީ ޖޭއޭ މަނަފަރު، ކަނދޮޅު މޯލްޑިވްސް، ސިކްސް ސެންސަސް ލާމު، މިރިހި އައިލެންޑް ރިސޯޓް އަދި ގިލި ލަންކަންފުއްޓެވެ.

އެންމެ މަތީ ފަންތީގެ ރިސޯޓްތަކުގެ ތެރެއިން އޭޝިއާ ސަރަހައްދުން އެންމެ ފާހަގަކޮށްލެވޭ ރިސޯޓްތަކުގެ ތެރޭގައި ރާއްޖޭގެ ކަނދޮޅު މޯލްޑިވްސް، ސިކްސް ސެންސަސް ލާމު، ބަރޮސް މޯލްޑިވްސް، ގިލި ލަންކަންފުށި އަދި ފޯ ސީޒަންސް ރިސޯޓް އެޓް ލަނޑާ ގިރާވަރު ހިމެނިފައިވެ އެވެ. އަދި އޭޝިއާ ސަރަހައްދުގެ އެންމެ ރޮމޭންޓިކް ރިސޯޓްތަކުގެ ތެރޭގައި ވެސް ކަނދޮޅު މޯލްޑިވްސް، ބަރޮސް މޯލްޑިވްސް، ކޮމަންޑޫ މޯލްޑިވްސް، ގިލި ލަންކަންފުށި އަދި ކޮންސްޓެންސް މޫފުށި ރިސޯޓް ހޮވިފައިވެ އެވެ. މީގެ އިތުރުން، ކަނދޮޅު މޯލްޑިވްސް، ބަރޮސް މޯލްޑިވްސް، މިރިހި އައިލެންޑް ރިސޯޓް އަދި ޖޭއޭ މަނަފަރު ވަނީ އެންމެ ހިދުމަތް ރަނގަޅު އޭޝިއާގެ ރިސޯޓްތަކުގެ ގޮތުގައި ހިމެނިފަ އެވެ.

ރާއްޖެ އަށް އެކަނި ބަލާއިރު އެންމެ ރަނގަޅު ރިސޯޓްތަކުގެ ތެރޭގައި ހިމެނެނީ:

1. ޖޭއޭ މަނަފަރު

2. ކަނދޮޅު މޯލްޑިވްސް

3. ސިކްސް ސެންސަސް ލާމު

4. މިރިހި އައިލެންޑް ރިސޯޓް

5. ގިލި ލަންކަންފުށި

6. ސޮނޭވާ ފުށި

7. ވެލާ ޕްރައިވެޓް އައިލެންޑް

8. ބަރޮސް މޯލްޑިވްސް

9. ކޮންސްޓެންސް މޫފުށި

10. ކޯމޯ ކޮކޯ އައިލެންޑް

އެންމެ ރޮމޭންޓިކް ރާއްޖޭގެ ރިސޯޓްތަކަކީ:

1. ބަރޮސް މޯލްޑިވްސް

2. ކަނދޮޅު މޯލްޑިވްސް

3. ކޮމަންޑޫ މޯލްޑިވްސް

4. ކޮންސްޓެންސް މޫފުށި

5. ގިލި ލަންކަންފުށި

6. މިރިހި އައިލެންޑް ރިސޯޓް

7. ސިކްސް ސެންސަސް ލާމު

8. ވެލިގަނޑު އައިލެންޑް ރިސޯޓް

9. ކޮންސްޓެންސް ހަލަވެލި

10. އަނަންތަރާ ވެލި

އެންމެ ހިދުމަތް ރަނގަޅު ރާއްޖޭގެ ރިސޯޓްތަކަކީ:

1. ކަނދޮޅު މޯލްޑިވްސް

2. ބަރޮސް މޯލްޑިވްސް

3. މިރިހި އައިލެންޑް ރިސޯޓް

4. ޖޭއޭ މަނަފަރު

5. ފޯ ސީޒަންސް ރިސޯޓް އެޓް ލަނޑާ ގިރާވަރު

6. ސިކްސް ސެންސަސް ލާމު

7. ގިލި ލަންކަންފުށި

8. ސޮނޭވާ ފުށި

9. ކޮންސްޓެންސް މޫފުށި

10. ލަކްސް ސައުތު އަރި އެޓޯލް

ޓްރިޕްއެޑްވައިޒާގެ ޓްރެވެލާސް ޗޮއިސްގައި ހިމަނަނީ އެ ވެބްސައިޓް މެދުވެރިކޮށް ބުކިން ހަދާ ފަރާތްތަކާއި ލިބޭ ރިވިއުތަކަށް ބެލުމަށް ފަހު، އެންމެ ގިނަ އަދަދެއްގެ މީހުންނަށް ކަމުދާ ތަންތަނެވެ. މި ލިސްޓުގައި ކޮންމެ އަހަރަކު ވެސް ރާއްޖޭގެ ރިސޯޓްތަކުން ފާހަގަކޮށްލެވޭ ވަނަތަކެއް ހޯދަ އެވެ.