ރައީސް އިސްކަން ދެއްވަނީ އިންޑިއާ ކަނޑުގެ ހަމަޖެހުމަށް: ނައިބު ރައީސް
ރައީސް އިސްކަން ދެއްވަނީ އިންޑިއާ ކަނޑުގެ ހަމަޖެހުމަށް: ނައިބު ރައީސް

ހާރިޖީ ސިޔާސަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންމެ އިސްކަން ދެއްވަނީ އިންޑިއާ ކަނޑުގެ ހަމަޖެހުމަށް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.

ރައީސް އިސްކަން ދެއްވަނީ އިންޑިއާ ކަނޑުގެ ހަމަޖެހުމަށް: ނައިބު ރައީސް
ރައީސް އިސްކަން ދެއްވަނީ އިންޑިއާ ކަނޑުގެ ހަމަޖެހުމަށް: ނައިބު ރައީސް

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި މިހާރު ކުރިއަށްދާ، އިންޑިއަން އޯޝަން ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ އިންޑިއާ ކަނޑުގެ އިޖުތިމާއީ އަދި އިގްތިސާދީ ހަމަޖެހުމާއި ކުރިއެރުމަށް މި ސަރުކާރުން އިސްކަންދޭ ކަމަށެވެ.

ރައީސް އިސްކަން ދެއްވަނީ އިންޑިއާ ކަނޑުގެ ހަމަޖެހުމަށް: ނައިބު ރައީސް
ރައީސް އިސްކަން ދެއްވަނީ އިންޑިއާ ކަނޑުގެ ހަމަޖެހުމަށް: ނައިބު ރައީސް

ނައިބު ރައީސް ވިދާޅުވީ އިންޑިއާ ކަނޑަކީ މިހާރު ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ ގައުމުތައް ހިމެނޭ ސަރަހައްދު ކަމަށެވެ. އެހެންވެ އިންޑިއާ ކަނޑުގެ ހަމަޖެހުން ދެމެހެއްޓުމަކީ އެންމެ ގައުމަކުން ކުރަން ޖެހޭނެ ކަމެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އިންޑިއާ ކަނޑުގެ ސުލްހަ މަސަލަސްކަމާއި ހަމަޖެހުން ގާއިމްކުރުމަށް، ތިމާވެށި ރައްކާތެރި ކުރުމާއި ބައިނަލްއަގުވާމީ ގާނޫނުތައް ނެގެހެއްޓުމަކީ ހުރިހާ ގައުމެއްގެ ޒިންމާއެއް،" ނައިބު ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޓެރަރިޒަމާއި ހިޔުމަން ޓްރެފިކިން އާއި މަސްތުވާތަކެތީގެ ވިޔަފާރި އާއި ގާނޫނާ ހިލާފަށް ކުރާ މަސްވެރިކަމަކީ އިންޑިއާ ކަނޑުގެ ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށެވެ. އަދި ތިމާވެށްޓާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައި ވަނީ އިންޑިއާ ކަނޑުގެ ގައުމުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.

"އިންޑިއާ ކަނޑުގެ ހަމަޖެހުމާއި ސަލާމަތްތެރިކަން ދެމެހެއްޓުމަށް އަދި ދެމެހެއްޓެނިވި ގޮތުގައި ކުރާ މަސްވެރިކަން ކުރުމަށް ރާއްޖެއިން އެންމެ މަތީ ދަރަޖައިގައި މަސައްކަތް ކުރާނެ،" ނައިބު ރައީސް ވިދާޅުވި އެވެ.

"އަދި ސަރަހައްދުގައި ދެމެހެއްޓެނިވި ތަރައްގީ އާއި ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ހަމަހަމަ ކަމާއެކު ތަރައްގީގެ ފުރުސަތުތައް ބެހިގެން ދިއުމަށް ރާއްޖެއިން ސާބިތުކަމާ އެކު އޮންނާނެ."

އިންޑިއާ ކަނޑުގެ ތަނަވަސްކަމާއި ދެމެހެއްޓެނިވި ހަމަޖެހުމަށްޓަކައި މައްސަލަތައް ހައްލުކޮށް އިހްތިރާމާއި އިތުބާރުގެ މައްޗަށް ގައުމުތަކުގެ ގުޅުންތައް ބިނާކޮށް ހަރުދަނާ ކުރުމަށް ނައިބު ރައީސް ރޭ ވަނީ ގޮވާލައްވައިފަ އެވެ.