މެގް 2: ބިޔަ މިޔަރުތަކާ އެކު ޖޭސަން ދެ ވަނަ ފިލްމަކަށް!
މެގް 2: ބިޔަ މިޔަރުތަކާ އެކު ޖޭސަން ދެ ވަނަ ފިލްމަކަށް!

މަޝްހޫރު އިނގިރޭސި އެކްޓަރު ޖޭސަން ސްޓޭތަމް ލީޑުން ފެންނަ "މެގް" ފިލްމުގެ ދެވަނަ ބައިގެ ޓްރެއިލާ ދައްކާލައިފި އެވެ.

މެގް 2: ބިޔަ މިޔަރުތަކާ އެކު ޖޭސަން ދެ ވަނަ ފިލްމަކަށް!
މެގް 2: ބިޔަ މިޔަރުތަކާ އެކު ޖޭސަން ދެ ވަނަ ފިލްމަކަށް!

ލިޔުންތެރިޔާ ސްޓީވް އަލްޓެންގެ 1997 ވަނަ އަހަރުގެ ފޮތް "މެގް: އަ ނޮވެލް އޮފް ޑީޕް ޓެރާ" އަށް ބިނާކޮށް 2018 ވަނަ އަހަރު ނެރުނު "ދަ މެގް" ފިލްމަށް ބޮކްސްއޮފީހުގައި ވަނީ ބޮޑު ކާމިޔާބީއެއް ލިބިފަ އެވެ.

މެގް 2: ބިޔަ މިޔަރުތަކާ އެކު ޖޭސަން ދެ ވަނަ ފިލްމަކަށް!
މެގް 2: ބިޔަ މިޔަރުތަކާ އެކު ޖޭސަން ދެ ވަނަ ފިލްމަކަށް!

މި ފިލްމުގެ ސީކުއެލްއަށް ފުރަތަމަ ސަމާލުކަން ލިބުނީ، 2020 ވަނަ އަހަރު ފިލްމު ޑައިރެކްޓުކުރާނެ މީހާ އިއުލާނުކުރުމުންނެވެ. "މެގް 2: ދަ ޓްރެންޗް" ޑައިރެކްޓުކޮށްފައި ވަނީ "ކިލް ލިސްޓް" އާއި "ސައިޓްސީއާސް" ފަދަ ބިރުވެރި ފިލްމުތައް ޑައިރެކްޓުކޮށްފައިވާ ބެން ވީޓްލީ އެވެ.

"ދަ މެގް" ފިލްމުގައި ދައްކައިދެނީ ޕްރީ-ހިސްޓޮރިކް ނުވަތަ ޑައިނަސޯތަކުގެ ޒަމާނުގައި އުޅުނު މެގަލަޑޮން މިޔަރެއް މި ޒަމާނުގައި އުޅޭ ތަނެެވެ. އަދި އެ މިޔަރުގެ ނުރައްކަލުން ސަލާމަތްވުމަށް ކުރާ ކަންކަމާއި އެކަމުގެ ސަބަބުން ދިމާވާ ހާދިސާތަކެވެ.

"މެގް 2" ގެ ޓްރެއިލާގައި އެފަދަ ބޮޑު މިޔަރެއް އައިސް ޓީ-ރެކްސް ޑައިނަސޯއެއް ކާލާ މަންޒަރު ފެނެ އެވެ. އެ މަންޒަރުތައް ދައްކާފައި ވަނީ ފުޑް ޗެއިންގައި އޮންނަ ގޮތަށް ކުޑައިން ބޮޑަށް ފަހަރަކު ޖަނަވާރެއް ކާލަމުން އަންނަ ގޮތަށެވެ.

އޭގެ އިތުރުން، ބިރުވެރިގޮތަކަށް ގިނަ މަންޒަރުތަކެއް ފެންނަ މި ފިލްމުގެ ޓްރެއިލާގައި ބޮޑު މިޔަރެއްގެ އަނގަ ލެއްޕިޔަ ނުދޭން، ޖޭސަންގެ ކެރެކްޓާ ޖޯނަސް ޓޭލާ ފައިން ހިފަހައްޓާ މަންޒަރު ވެސް ފެނެ އެވެ.

ފުރަތަމަ ބައިގައި ވެސް އުޅުނު އެކްޓަރުންގެ ތެރެއިން ކްލިފް ކާޓިސް އާއި ޕޭޖް ކެނެޑީ ފަދަ އެކްޓަރުން އެނބުރި އައިސްފައިވެ އެވެ. ރޫބީ ރޯސް "މެގް 2" ގައި ފެންނާނެ ކަމުގެ ޔަގީންކަމެއް އަދި ނުލިބެ އެވެ. އެކަމަކު، ޗައިނާގެ އެކްޓަރު ޖިންގް ވޫ އާއި "އެމެރިކަން ހޮރޯ ސްޓޯރީ" ގެ އެކްޓަރު ސްކައިލާ ސެމިއުލްސް އަލަށް ސީކުއެލްއާ ގުޅުނު މީހުންގެ ތެރޭގައި ހިމެނެ އެވެ.

"މެގް 2: ދަ ޓްރެންޗް" ސިނަމާތަކުގެ ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ އޮގަސްޓު މަހުގެ ހަތަރު ވަނަ ދުވަހު އެވެ.