ދެކުނު އޭޝިއާގެ ޖޫނިއާ މުބާރާތަށް ޓީޓީ ޓީމު އިންޑިއާ އަށް
ދެކުނު އޭޝިއާގެ ޖޫނިއާ މުބާރާތަށް ޓީޓީ ޓީމު އިންޑިއާ އަށް

އާދިއްތަ ދުވަހު އިންޑިއާގެ އަރުނަޗާލް ޕްރަދޭޝް ސްޓޭޓުގެ ވެރިރަށް އިޓާނަގަރުގައި ފަށާ ދެކުނު އޭޝިއާގެ ޖޫނިއާ އަދި ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު ތައްޔާރު ވެއްޖެ އެވެ.

ދެކުނު އޭޝިއާގެ ޖޫނިއާ މުބާރާތަށް ޓީޓީ ޓީމު އިންޑިއާ އަށް
ދެކުނު އޭޝިއާގެ ޖޫނިއާ މުބާރާތަށް ޓީޓީ ޓީމު އިންޑިއާ އަށް

މުބާރާތް ކުރިއަށް ދާނީ މި މަހުގެ 14-17 އަށެވެ. ރާއްޖެ އާއި އިންޑިއާގެ އިތުރުން ސްރީ ލަންކާ އާއި ބަންގްލަދޭޝް އަދި ނޭޕާލާއި ބޫޓާން ވާދަ ކުރާނެ އެވެ.

ދެކުނު އޭޝިއާގެ ޖޫނިއާ މުބާރާތަށް ޓީޓީ ޓީމު އިންޑިއާ އަށް
ދެކުނު އޭޝިއާގެ ޖޫނިއާ މުބާރާތަށް ޓީޓީ ޓީމު އިންޑިއާ އަށް

ރާއްޖޭގެ ޖޫނިއާ ފިރިހެން ޓީމުގައި ހިމެނެނީ އަޚްޔާރު އަހުމަދު ހާލިދު، މުހައްމަދު ތާބިން ސުޖާއު، ޒީކް ހަސަން ލަތީފް އަދި އުމީރު މުހައްމަދު މުއިއްޒު އެވެ. މިއީ އަޚްޔާރު މުބާރާތުގައި ކުޅޭ ފުރަތަމަ ފަހަރެވެ. ތާބިން އާއި ޒީކް އަދި އުމީރު ވަނީ، މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި މި މުބާރާތުގައި ކުޅެފަ އެވެ.

ޖޫނިއާ އަންހެން ޓީމުގައި ހިމެނެނީ ފާތިމަތު ދީމާ އަލީ، މިޝްކާ މުހައްމަދު އިބްރާހުމް، މަލާކް ބިންތި މުއިއްޒު އަދި އައިޝަތު ޒާރާ ޝާހިލް އެވެ. މަލާކް އާއި މިޝްކާ އަދި ގައުމީ ޗެމްޕިއަން ދީމާ ވެސް ވަނީ މިދިޔަ އަހަރުގެ މުބާރާތުގައި ވާދަ ކޮށްފަ އެވެ.

ފިރިހެން ކެޑޭޓް ޓީމުގައި ހިމެނެނީ އުމީރު އާއި އައުން އިބްރާހިމް ލަތީފް އަދި މުހައްމަދު ޒާއިމް އަހުމަދެވެ. އަންހެން ޓީމުގައި ހިމެނެނީ މިޝްކާ އާއި ޒާރާގެ އިތުރުން އައިޝަތު އަލްސާ ނާފިޒް އެވެ.

ރާއްޖޭގެ ޓީޓީ ޓީމުގެ ކޯޗަކީ ސްރީ ލަންކާގެ އާޝާން އަޝްވިދާ އެވެ. އަދި މެނޭޖަރެއްގެ ގޮތުން ޓީމާއެކު ބައިވެރިވާނީ ސީނިއާ ކުޅުންތެރިޔާ މުހައްމަދު މުންތިފް އަހުމަދެވެ. މީގެ އިތުރުން ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު ވެސް ޓީމާއެކު ރަސްމީ ޑެލިގޭޓެއްގެ ގޮތުގައި ބައިވެރި ވާނެ އެވެ.

ޓީޓީ ޓީމުގެ އިތުރުން، މުބާރާތުގެ އޮފިޝަލެއްގެ ގޮތުން ރާއްޖޭގެ ޓީޓީ އަމްޕަޔަރު މުހައްމަދު ޔާމީން ވެސް މުބާރާތުގެ މެޗްތަކުގައި އިންސާފް ކުރާނެ އެވެ. މިއީ އަމްޕަޔަރެއްގެ ގޮތުގައި ޔާމީން އިންސާފް ކޮށްދޭނެ ބައިނަލްއަގުވާމީ ހަތްވަނަ މުބާރާތެވެ.

ރާއްޖޭގެ ޓީމުގެ ކުޅުންތެރިންގެ ތެރެއިން ދީމާ އާއި އަޚްޔާރު އަދި ޒީކް އާއި ތާބިން އިންޑިއާ އަށް ދާނީ ކްރޮއޭޝިއާ އިންނެވެ. މި ކުޅުންތެރިންނަކީ މި އަހަރުގެ އޮގަސްޓް މަހު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރު ވުމުގެ ގޮތުން ކްރޮއޭޝިއާގައި ތަމްރީނު ހަދަމުންދާ ޓީމުގައި ހިމެނޭ ކުޅުންތެރިންނެވެ.

ދީމާ ވަނީ މިދިޔަ އާދިއްތަ ދުވަހު ކްރޮއޭޝިއާގައި އޮތް އޮޕްޓިޖާ އޯޕަން ޓީޓީ މުބާރާތުގެ ޖޫނިއާ ބައިން ޗެމްޕިއަންކަން ހޯދައިފަ އެވެ. އަޚްޔާރު ވާދަކުރި ކެޓެގަރީ އިން ކުއާޓާ ފައިނަލަށް ދަތުރު ކުރިއިރު ޒީކް ވަނީ ދެވަނަ ދަތުރު ކޮށްފަ އެވެ.

މިޝްކާ އާއި މަލާކް ތަމްރީނު ހަދަމުން އަނަނީ އިންޑިއާގެ ދިއްލީގަ އެވެ. މިޝްކާ، އިޓާނަގަރަށް ދާނީ ދިއްލީ އިންނެވެ. މަލާކް މި ވަގުތު ހުރީ ރާއްޖޭގަ އެވެ.