ކަލިނަރީ ޗެލެންޖުގެ ވަނަތައް ހޮވައި ޓައިޓަލްތައް ދީފި
ކަލިނަރީ ޗެލެންޖުގެ ވަނަތައް ހޮވައި ޓައިޓަލްތައް ދީފި

ހޯމަ ދުވަހު ފެށި އެފްއެޗްއޭއެމް އެގްޒިބިޝަންގެ ފޯރިގަދަ "ކަލިނަރީ ޗެލެންޖު" ނިންމައި ވަނަތައް ހޮވައިފި އެވެ.

ކަލިނަރީ ޗެލެންޖުގެ ވަނަތައް ހޮވައި ޓައިޓަލްތައް ދީފި
ކަލިނަރީ ޗެލެންޖުގެ ވަނަތައް ހޮވައި ޓައިޓަލްތައް ދީފި

ވަނަތައް ހޯދި ޝެފުންނަށް ސެޓްފިކެޓާއި އެވޯޑު އަދި އިނާމުތައް ދިނީ މިއަދު އެމްއެންޔޫގެ އޮޑިޓޯރިއަމްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި މި ފަހަރުގެ ޗެލެންޖުގައި ހިމެނޭ 20 ކެޓަގަރީގެ އެންމެ މޮޅު ތިން ޝެފުން ވަނީ ހޮވައިފަ އެވެ. ކޮންމެ ކެޓަގަރީއެއްގެ ސެކަންޑް ރަނާރަޕް، ފަސްޓް ރަނާރަޕް އަދި ކެޓަގަރީ ވިނަ ވެސް ވަނީ ހޮވައިފަ އެވެ.

ކަލިނަރީ ޗެލެންޖުގެ ވަނަތައް ހޮވައި ޓައިޓަލްތައް ދީފި
ކަލިނަރީ ޗެލެންޖުގެ ވަނަތައް ހޮވައި ޓައިޓަލްތައް ދީފި

މި ފަހަރުގެ ޗެލެންޖުގައި ހިމެނޭ ބައެއް ކެޓަގަރީތަކުގެ ތެރޭގައި ކްރިއޭޓިވް ބްރެޑް ޑިސްޕްލޭ، އާޓިސްޓިކް ޕޭސްޓްރީ ޝޯޕީސް، ވެޑިން ކޭކް ސްޓްރަކްޗާ، ޕްލޭޓެޑް އެޕަޓައިޒާސް، ޕްލޭޓެޑް ތްރީ ކޯސް މީލް، ފްރުޓް އެންޑް ވެޖިޓަބަލް ކާވިންގް ފަދަ ކެޓަގަރީތައް ހިމެނެ އެވެ.

ކަލިނަރީ ޗެލެންޖުގެ ވަނަތައް ހޮވައި ޓައިޓަލްތައް ދީފި
ކަލިނަރީ ޗެލެންޖުގެ ވަނަތައް ހޮވައި ޓައިޓަލްތައް ދީފި

މި ޗެލެންޖުގައި މި އަހަރު އެކި ރިސޯޓުތަކުން އިންޑިވިޖުއަލް ކެޓަގަރީތަކުގައި ޝެފުން ވާދަކުރި އިރު، ގްރޫޕް ކެޓަގަރީތަކުގައި މި ސަރަހައްދުގެ އެކި ގައުމުތަކުގެ ޝެފުންގެ ގައުމީ ޓީމުތަކުން ވެސް ވަނީ ބައިވެރިވެފަ އެވެ.

މި އަހަރުގެ ކަލިނަރީ ޗެލެންޖުގައި 120 ރިސޯޓުން 600 އެއްހާ ޝެފުން ބައިވެރިވި އެވެ. އަދި 11 ގައުމަކުން ވާދަކުރި އެވެ.

- މޮސްޓް އައުޓްސްޓޭންޑިން އާޓިސްޓް - އާރް. އޭ. ސިސީރާ ކުމާރާ، ރީތި ބީޗް މޯލްޑިވްސް

- ބެސްޓް ޕޭސްޓްރީ ޝެފް - ރަޖަންދްރަން، ރޯޔަލް އައިލެންޑް

- ބެސްޓް މޯލްޑިވިއަން ޝެފް - އަޖްވަދު އަބްދުލް ވައްހާބް، ޖޯލި މޯލްޑިވްސް

- ބެސްޓް ޝެފް - ދުޝަންތަ ޗަމާރާ ގުނަސެކަރަ، މޯލްޑިވްސް އިންފްލައިޓް ކޭޓަރިން

- މޮސްޓް އައުޓްސްޓޭންޑިން ކަލިނަރީ އޮގަނައިޒޭޝަން - ސިނަމަން ވެލިފުށި

- މޮސްޓް އައުޓްސްޓޭންޑިން ނެޝަނަލް ޓީމް - ދަ އެމިރެޓްސް ކަލިނަރީ ގިލްޑް

އެފްއެޗްއޭއެމްގެ ކަލިނަރީ ޗެލެންޖަކީ ޝެފްސް ގިލްޑް އޮފް މޯލްޑިވްސް އާއި ޝެފްސް ގިލްޑް އޮފް ސްރީލަންކާ އިން އެންޑޯސްކޮށްގެން ބާއްވާ ކަލިނަރީ އިވެންޓެކެވެ. މި ޗެލެންޖުގެ މެއިން ސްޕޮންސަރަކީ ނެސްލޭ އެވެ.

އެޕްއެޗްއޭއެއެމްގެ ޕްރިންސިޕަލް ސްޕޮންސަރަކީ ލިލީ އިންޓަނޭޝަނަލް އެވެ.