ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑުގެ އަސަރު ރާއްޖެ އަށް ނުކުރާނެ: މެޓް
ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑުގެ އަސަރު ރާއްޖެ އަށް ނުކުރާނެ: މެޓް

ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މެޓް އޮފީހުން ލަފާ ކޮށްފި އެވެ.

ބޭ އޮފް ބެންގާލްގެ ދެކުނު އިރުމައްޗަށް އައި ކޮޅިގަނޑާ އެކު ލަންކާގެ މޫސުމާ ބެހޭ އިދާރާއިން ވަނީ އެ ސަރަހައްދަށް ރެޑް އެލާޓް ނެރެފަ އެވެ.

މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، ލަންކާގެ ނިވަލުގައި ރާއްޖެ އޮތުމުން، ބޭ އޮފް ބެންގާލްގެ ކަނޑުގެ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑުގެ އަސަރު ރާއްޖެ އަށް ކުރާނެ ކަމަށް ލަފާ ނުކުރެއްވޭ ކަމަށެވެ.

ބޭ އޮފް ބެންގާލް އާ އެންމެ ކައިރީގައި އޮތް ބަންގްލަދޭޝް އިން ވަނީ ކުރިއަށް އޮތް 12 ގަޑިއިރަށް ރައްކާތެރި ކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް އަންގައިފަ އެވެ.

އެ ސަރަހައްދު ވައިގެ ބާރު މިން ގަޑައަކު 100 ކލޯ މީޓަރަށް ޖެހޭނެ ކަމަށް އިންޑިއާގެ މޫސުމާ ބެހޭ އިދާރާއާ ހަވާލާދީ އެ ގައުމުގެ މީޑީއާތަކުން ބުންޏެވެ.