ޓެކްނިކަލް މައްސަލައެއް ދިމާވެ ޕާސްޕޯޓް ހެދުން މެދުކެނޑިއްޖެ
ޓެކްނިކަލް މައްސަލައެއް ދިމާވެ ޕާސްޕޯޓް ހެދުން މެދުކެނޑިއްޖެ

ޓެކްނިކަލް މައްސަލައެއް ދިމާވެ، ޕާސްޕޯޓު ހެދުމުގެ ހިދުމަތް މިއަދު މެދުކެނޑިއްޖެ އެވެ.

އިމިގްރޭޝަންގެ ޓުވީޓެއްގައި ބުނީ ޓެކްނިކަލް މައްސަލަތަކެއް ދިމާވެ ޕާސްޕޯޓުގެ ހިދުމަތް ދިނުމަށް ދަތިވެފައިވާ ކަމަށެވެ. އެ ހިދުމަތް އަލުން ފެށުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް މިހާރު ކުރަމުން އަންނަ ކަމަށެވެ.

މިއަދު މެންދުރު އަލުން ހިދުމަތް ދެވެން ފެށޭވަރު ވާނެ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

ޕާސްޕޯޓުގެ ހިދުމަތް މެދުކެނޑުނުއިރު، ސްކޫލް ޗުއްޓީ ފެށެން ކައިރި ވާތީ މި ދުވަސްވަރު ޕާސްޕޯޓު ހަދަން ހުށަހަޅާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

މި ދުވަސްވަރު ދުވާލަކު އެވްރެޖުކޮށް 300 ޕާސްޕޯޓު ހަދަން ހުށަހަޅާއިރު، 200 އަށް ވުރެ ގިނަ ޕާސްޕޯޓު ދޫކުރާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.