ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް އިސް ގާޒީން އައްޔަންކޮށްފި
ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް އިސް ގާޒީން އައްޔަންކޮށްފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް އެ ކޯޓުގެ ގާޒީ އާދަމް މުހައްމަދު އަދި ސިވިލް ކޯޓުގެ އިސް ގާޒީ ކަމަށް ނިމާލް ޖުނައިދު މިއަދު އައްޔަން ކޮށްފި އެވެ.

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް އިސް ގާޒީން އައްޔަންކޮށްފި
ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް އިސް ގާޒީން އައްޔަންކޮށްފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީއަކަށް އެންމެ ފަހުން ހުންނެވި އަހުމަދު ޝަކީލް ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމާއި ސިވިލް ކޯޓުގެ އިސްގާޒީ އަބްދުﷲ އަލީ ރިޓަޔާ ކުރެއްވުމުން އެ ދެ މަގާމު އޮތީ ހުސްކޮށެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް ގާޒީ އާދަމް މުހައްމަދު އަދި ސިވިލް ކޯޓުގެ އިސް ގާޒީ ކަމަށް ގާޒީ ނިމާލް މިއަދު އައްޔަން ކުރެއްވީ އެ ދެ މަގާމަށް ކުރިމަތިލި ބޭފުޅުންނާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފާދޭ ކޮމެޓީން އިންޓަވިއު ކުރުމަށް ފަހު ދީފައިވާ ލަފައާ އެއްގޮތަށް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެ ދެ މަގާމަށް ކުރިމަތިލި ބޭފުޅުންގެ އަދަދެއް ޖޭއެސްސީން ހާމައެއް ނުކުރެ އެވެ. އެންމެ ފަހުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް ކުރިމަތިލާން ހުޅުވާލުމުން ކުރިމަތިލީ އެންމެ ބޭފުޅެކެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލާން ދާދި ފަހުން ހުޅުވާލުމުން އެއްވެސް ބޭފުޅަކު އެ މަގާމަށް ކުރިމަތި ނުލެއްވި އެވެ.