ބްރޯޑްކޮމްގެ މެމްބަރުކަމަށް ސަފާ އައްޔަން ކުރައްވައިފި
ބްރޯޑްކޮމްގެ މެމްބަރުކަމަށް ސަފާ އައްޔަން ކުރައްވައިފި

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ހުސްވެފައިވާ މެމްބަރު ކަމަށް، ސަފާ ޝަފީގު މިއަދު އައްޔަންކުރައްވައިފި އެވެ.

ބްރޯޑްކޮމްގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލީ، އެ ކޮމިޝަންގެ މެމްބަރު އަމްޖަދު ވަހީދުގެ ފަސް އަހަރުގެ ދައުރު މާޗް މަހު ހަމަވުމުންނެވެ.

ކުރީގެ ޓީވީ ޕްރެޒެންޓަރު ސަފާ ޝަފީގު އެ މަގާމަށް އައްޔަންކުރަން މަޖިލީހުން ރުހުން ދީފައި ވަނީ މިދިޔަ މަހު 26ގަ އެވެ.

ސަފާ ވަނީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީއިން، މާސްޓާސް އޮފް އާޓްސް އިން ސޯޝަލް ޕޮލިސީ، އަދި ލިމްކޮކްވިންގް ޔުނިވާސިޓީ އޮފް ކްރިއޭޓިވް ޓެކްނޮލޮޖީ އިން މާސްޓާސް އޮފް ކޮމިއުނިކޭޝަން ހާސިލްކުރައްވައިފަ އެވެ.

ސަފާ އެންމެ ފަހުން ހުންނެވީ، ޕަބްލިކް ސާވިސް މީޑިއާގެ ޓީވީއެމްގެ ޕްރެޒެންޓަރެއްގެ މަގާމުގަ އެވެ.