ޓްރީ ޓޮޕްގައި ހެއްދޭ ހުރިހާ ޓެސްޓެއް ޓީޓީއެޗް ކްލިނިކުން ހެދޭނެ
ޓްރީ ޓޮޕްގައި ހެއްދޭ ހުރިހާ ޓެސްޓެއް ޓީޓީއެޗް ކްލިނިކުން ހެދޭނެ

ޓްރީ ޓޮޕް ހޮސްޕިޓަލުން މާލޭގައި ހުޅުވި ޓީޓީއެޗް ކްލިނިކުން އެ ހޮސްޕިޓަލުގައި ހެދޭ ހުރިހާ ލެބޯޓަރީ ޓެސްޓަކަށް ސާމްޕަލް ނަގައި، ޓެސްޓު ހެއްދޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އެ ހޮސްޕިޓަލުން ބުނީ އެ ކްލިނިކްގައި ހެމަޓޮލޮޖީ، ހެމޮސްޓޭސިސް އެންޑް ކޯއެގްޔުލޭޝަން، ކްލިނިކަލް ކެމިސްޓްރީ ފަދަ ޓެސްޓުތަކަށް ބޭނުންވާ ސާމްޕަލް ޓީޓީއެޗުން ނެގޭނެ އެވެ.

ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލުން ލިބޭ ހިދުމަތްތައް ބަލި މީހުންނަށް ފަސޭހައިން ފޯރުކޮށްދިނުމަށް ހުޅުވި އެ ކްލިނިކުގައި ލެބޯޓްރީގެ ހިދުމަތުގެ އިތުރުން ފިޒިއޮތެރަޕީ އާއި ރިހެބިލިޓޭޝަން އަދި ސްޕީޗް ތެރަޕީ އާއި އޮކިއުޕޭޝަނަލް ތެރަޕީގެ ހިދުމަތް ވެސް ދެ އެވެ.

ޓްރީ ޓޮޕުން ބުނި ގޮތުގައި އެ ކްލިނިކަކީ މާާލޭގައި ދިރިއުޅޭ ބަލި މީހުންނަށް ޓެސްޓުތައް ހެދުމަށް ސާމްޕަލް ނެގުން ފަދަ ކުދިކުދި ކަންތައްތަކާއި ދިގު މުއްދަތަށް ފަރުވާ ހޯދަން ޖެހޭ ތެރަޕީތަކަށް ކޮންމެ ފަހަރަކު ހުޅުމާލެ އަށް ދާން ޖެހޭ ދިއުމަށް ހައްލު ހޯދައިދިނުމުގެ ގޮތުން ހުޅުވި ކްލިނިކެކެވެ.

މިދިޔަ ފެބްރުއަރީ މަހު ހުޅުވި އެ ކްލިނިކަކީ 300 އަށް ވުރެ ގިނަ ހާއްސަ ޓެސްޓު ހެއްދޭ ރިފަރަލް ލެބޯޓްރީގެ ހިދުމަތް ދޭ ކުލިނިކެކެވެ.

މ. ޗަމްޕާ ވިލާގައި ހުންނަ އެ ކްލިނިކުގެ ހިދުމަތް ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 8 އިން ރޭގަނޑު 10 އަށް ލިބޭނެ އެވެ.