އަންހެނުންގެ ހައްގުތައް ހިމާޔަތްކުރުމަށް ގޮވާލައި އެއްވުމެއް އަލިމަސް ކާނިވަލުގައި ބާއްވައިފި
އަންހެނުންގެ ހައްގުތައް ހިމާޔަތްކުރުމަށް ގޮވާލައި އެއްވުމެއް އަލިމަސް ކާނިވަލުގައި ބާއްވައިފި

އަންހެނުންގެ ހައްގުތައް ހިމާޔަތްކުރުމަށް ގޮވާލައި، އަލިމަސް ކާނިވަލުގައި މިއަދު ހަވީރު އެއްވުމެއް ބާއްވައިފި އެވެ.

"މޯލްޑިވްސް ވިތު ވިމެންސް މާޗް"ގެ ނަމުގައި ބޭއްވި އެއްވުމުގައި ތަފާތު ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން މީހުން ބައިވެރިވި އެވެ. އަދި ރާއްޖޭގައި އަންހެނުންނާ މެދު އަމަލުކުރަމުން އަންނަ ގޮތްތަކާ މެދު އެތަނުގައި ތިބި ބައެއް މީހުން ޝުއޫރުފާޅުކޮށް ހެދި އެވެ.

މި އެއްވުމުގައި ބައިވެރިވި މީހުން ގެންގުޅުނު ބޯޑުތަކުގައި "އިންސާނީ ހައްގުތަކަކީ ވަކި ޖިންސެއްގެ މިލްކެއް ނޫން" އަދި "ކަންކުރަނީ ދެ މީހުން، ހައްދު ޖަހަނީ އަންހެނުން" ފަދަ އިބާރާތްތައް ލިޔެފައިވާ ބޯޑުތައް ވެސް ގެންގުޅުނެވެ.

އެއްވުން ހަވީރު 4:30 ހާއިރު ފެށުމަށް ފަހު ހައެއް ޖަހަން އުޅެނިކޮށް ވަނީ ނިންމާލައިފަ އެވެ.