ޗުއްޓީއާ ދިމާކޮށް ޕާސްޕޯޓު ހިދުމަތަށް އަނެއްކާވެސް ބާރު ބޮޑުވެއްޖެ
ޗުއްޓީއާ ދިމާކޮށް ޕާސްޕޯޓު ހިދުމަތަށް އަނެއްކާވެސް ބާރު ބޮޑުވެއްޖެ

ޕާސްޕޯޓް ހައްދަން ހުށަހަޅާ މީހުންގެ އަދަދު ސްކޫލް ޗުއްޓީއާ ދިމާކޮށް ގާތްގަނޑަކަށް ދެ ގުނަ އިތުރު ވެފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

ޗުއްޓީއާ ދިމާކޮށް ޕާސްޕޯޓު ހިދުމަތަށް އަނެއްކާވެސް ބާރު ބޮޑުވެއްޖެ
ޗުއްޓީއާ ދިމާކޮށް ޕާސްޕޯޓު ހިދުމަތަށް އަނެއްކާވެސް ބާރު ބޮޑުވެއްޖެ

އިމިގްރޭޝަންގެ މީީޑިއާ އޮފިސަރު "މިހާރު" އަށް ވިދާޅުވީ ސްކޫލުތަކުގެ ބޮޑު ޗުއްޓިއާ ދިމާކޮށް ޕާސްޕޯޓު ހެދުން ކޮންމެ އަހަރަކު ވެސް އިތުރުވާއިރު މިހާރު ވެސް ވަނީ ހިދުމަތަށް ބާރު ބޮޑުވެފައި ކަމަށެވެ.

އޭނާ ވިދާޅުވީ ޕާސްޕޯޓަށް އެދި ހުށަހަޅާ ފޯމުގެ އަދަދު މި ދުވަސްވަރު ބައެއް ދުވަސްދުވަހު 300 އިން މައްޗަށްދާ ކަމަށެވެ.

"މިދިޔަ މަހު 160-170 ޕާސްޕޯޓް ދުވާލަކު ހަދަމުން އައީ. ނަމަވެެސް މި މަހު ދުވާލަކު 280-290 ޕާސްޕޯޓް ހަދާ،" އޭނާ ވިދާޅުވި އެވެ.

އިމިގްރޭޝަނުން އާންމުކޮށް ކޮންމެ ދުވަހަކު އެވްރެޖްކޮށް ހައްދަމުން އަންނަނީ 200 އެއްހާ ޕާސްޕޯޓެވެ. ނަމަވެސް މިދިޔަ އަހަރު ބޮޑު ޗުއްޓީގައި ވެސް ޕާސްޕޯޓު ހިދުމަތަށް ބާރު ބޮޑުވެ ދުވާލެއްގެ މައްޗަށް 800 ވަރަކަށް ޕާސްޕޯޓް ހަދަން ހުށަހެޅި އެވެ. އެއީ ކޮވިޑްގެ ބަލިމަޑުކަމާ ހެދި ދަތުރުފަތުރަށް އެޅުނު ހުރަސްތައް އުވާލުމާ އެކު ގިނަ ބަޔަކު ރާއްޖޭން ބޭރަށް ސްކޫލް ޗުއްޓީގައި ދަތުރުކުރި ދުވަސްވަރެކެވެ.

މިދިޔަ އަހަރު، ފަހު ވަގުތު އެތައް ބަޔަކު ޕާސްޕޯޓް ހައްދަން ހުށަހެޅުމުން އިމިގްރޭޝަންގެ މުވައްޒަފުން އެ ހިދުމަތް ދިނީ އިތުރު ގަޑި އާއި ބަންދު ދުވަސްތަކުގައި ވެސް މަސައްކަތްކޮށްގެންނެވެ.