"އަމިއްލަ މޯލްޑިވްސް" އިން މުވައްޒަފުންގެ އަގުވަޒަންކޮށްފި
"އަމިއްލަ މޯލްޑިވްސް" އިން މުވައްޒަފުންގެ އަގުވަޒަންކޮށްފި

އަމިއްލަ މޯލްޑިވްސް ރިސޯޓުގެ އަށް ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މުވައްޒަފުންގެ އަގުވަޒަންކޮށްފި އެވެ.

"އަމިއްލަ މޯލްޑިވްސް" އިން މުވައްޒަފުންގެ އަގުވަޒަންކޮށްފި
"އަމިއްލަ މޯލްޑިވްސް" އިން މުވައްޒަފުންގެ އަގުވަޒަންކޮށްފި

އަހަރީ ދުވަހުގެ ހަފްލާގައި، ފަސް އަހަރަށް ވުރެ ގިނަ ދުވަހު ރިސޯޓުގައި މަސައްކަތް ކޮށްފައިވާ 62 މުވައްޒަފެއްގެ ހިދުމަތް ފާހަގަކޮށް ހާއްސަ އެވޯޑެއް ވަނީ ދީފަ އެވެ. އަދި "އައިލެންޑާ އޮފް ދަ އިޔާ" އެވޯޑާއި "ލީޑާ އޮފް ދަ އިޔާ އެވޯޑް" ދެ ކެޓަގަރީއަކުން ވަނީ ދީފަ އެވެ.

"އަމިއްލަ މޯލްޑިވްސް" އިން މުވައްޒަފުންގެ އަގުވަޒަންކޮށްފި
"އަމިއްލަ މޯލްޑިވްސް" އިން މުވައްޒަފުންގެ އަގުވަޒަންކޮށްފި

"އައިލެންޑާ އޮފް ދަ އިޔާ" އެވޯޑުގެ ރޮކްސްޓާ ކެޓަގަރީ މި ފަހަރު އެވޯޑު ހޯދީ ހަސަން ޒައީމެވެ. އެ އެވޯޑުގެ ސުޕަހީރޯ ކެޓަގަރީއިން އެވޯޑު ހޯދީ އެމްޑީ މޮސަރޮފް ހަސަން އެވެ.

"އަމިއްލަ މޯލްޑިވްސް" އިން މުވައްޒަފުންގެ އަގުވަޒަންކޮށްފި
"އަމިއްލަ މޯލްޑިވްސް" އިން މުވައްޒަފުންގެ އަގުވަޒަންކޮށްފި

"ލީޑާ އޮފް ދަ އިޔާ" ގެ އެވޯޑު ކާމިޔާބު ކުރީ އެ ރިސޯޓުގެ ޑިރެކްޓާ އޮފް އެޗްއާރް، ހަސަން ޝަރީފެވެ.އޭނާ އަށް މި އެވޯޑު ލިބުނީ މުވައްޒަފުންގެ 70 ޕަސެންޓު ވޯޓާއި ކޭޕީއައި އެޗީވްމަންޓާއި ޕާފަންމަންސަށް 30 ޕަސެންޓުން މާކްސް ލިބިގެންނެވެ.

އެ ހަފްލާގައި އެ ރިސޯޓުގައި ގިނަ ދުވަހު ހިދުމަތް ކުރި ދިވެހި މުވައްޒަފުންގެ މެދުގައި ނެގި ގުރުއަތުން ހޮވުނު ނަސީބުވެރިޔާއަށް ވަނީ އުމްރާ ދަތުރެއް ދީފަ އެވެ. ދިގު މުއްދަތަކަށް ހިދުމަތް ކުރި ބިދޭސީ މުވައްޒަފުންގެ މެދުގައި ނެގި ގުރުއަތުން ހޮވުނު ފަރާތްތަކަށް ފައިސާގެ އިނާމު ވަނީ ދީފަ އެވެ.

އަމިއްލަ މޯލްޑިވްސްގެ އެ ހަފްލާގައި ރިސޯޓުގެ ޖެނެރަލް މެނޭޖަރު ޖޭސަން ކްރޫސް ވަނީ މުވައްޒަފުންގެ މަސައްކަތްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފަ އެވެ. އަދި އެ ގޮތުގައި ދެމި ތިބެ، ރިސޯޓުގެ ކުރިއެރުމަށް މަސައްކަތްކުރުމަށް ގޮވައިލެއްވި އެވެ.

ޑިނާ ނައިޓަކާ އެކު ކުރިއަށް ދިޔަ އެ ހަފްލާ ނިންމާލާފައި ވަނީ މުވައްޒަފުންގެ މުނިފޫހިފިލުވުމުގެ ހުށަހެޅުންތަކަކުންނެވެ.

އެ ހަފްލާގައި އެ ރިސޯޓުގެ އަހަރީ ދުވަހުގެ ލަވަ ވެސް ވަނީ ނެރެފަ އެވެ.