އެމްޓީވީ އެވޯޑްސް: އެންމެ މޮޅު ފިލްމަކީ "ސްކްރީމް 6"، އެންމެ މޮޅު ޓީވީ ޝޯ އަކީ "ދަ ލާސްޓް އޮފް އަސް"
އެމްޓީވީ އެވޯޑްސް: އެންމެ މޮޅު ފިލްމަކީ "ސްކްރީމް 6"، އެންމެ މޮޅު ޓީވީ ޝޯ އަކީ "ދަ ލާސްޓް އޮފް އަސް"

ހޮލީވުޑްގައި މިހާރު ކުރިއަށްދާ "ރައިޓާސް ގިލްޑް"ގެ ސްކްރީން ރައިޓަރުންގެ ހަޅުތާޅާ ގުޅިގެން ދިމާވި ގޮންޖެހުންތަަކާ އެކު ވެސް "އެމްޓީވީ މޫވީ އެންޑް ޓީވީ އެވޯޑްސް" ބާއްވައިފި އެވެ.

އެމްޓީވީ އެވޯޑްސް: އެންމެ މޮޅު ފިލްމަކީ "ސްކްރީމް 6"، އެންމެ މޮޅު ޓީވީ ޝޯ އަކީ "ދަ ލާސްޓް އޮފް އަސް"
އެމްޓީވީ އެވޯޑްސް: އެންމެ މޮޅު ފިލްމަކީ "ސްކްރީމް 6"، އެންމެ މޮޅު ޓީވީ ޝޯ އަކީ "ދަ ލާސްޓް އޮފް އަސް"

މިދިޔަ އާދިއްތަ ދުވަހު ބާއްވަން ހަމަޖެހިފަ އޮތް ހަފްލާ، ފަހުން ބޭއްވީ ވާޗުއަލްކޮށެވެ. އެ އެވޯޑް ހަފްލާގައި ސްކްރިޕްޓުކޮށްފައިވާ ޕްރޮޖެކްޓުތަކުގެ ތެރެއިން އެންމެ ގިނަ ނޮމިނޭޝަން ލިބުނު ލިސްޓުގައި ހިމެނެނީ "ސްޓްރޭންޖާ ތިންގްސް" އާއި "ލާސްޓް އޮފް އަސް" އާއި "ދަ ވައިޓް ލޮޓަސް" އަދި "ވެނިސްޑޭ" އެވެ. އެ ޝޯތަކުގެ ލިސްޓާ "ޓޮޕް ގަން: މެވްރިކް" ފިލްމު ވެސް ވަނީ ގުޅިފަ އެވެ.

އެމްޓީވީ އެވޯޑްސް: އެންމެ މޮޅު ފިލްމަކީ "ސްކްރީމް 6"، އެންމެ މޮޅު ޓީވީ ޝޯ އަކީ "ދަ ލާސްޓް އޮފް އަސް"
އެމްޓީވީ އެވޯޑްސް: އެންމެ މޮޅު ފިލްމަކީ "ސްކްރީމް 6"، އެންމެ މޮޅު ޓީވީ ޝޯ އަކީ "ދަ ލާސްޓް އޮފް އަސް"

މި ފަހަރުގެ ހަފްލާ ހޯސްޓުކުރަން ހަމަޖެހިފައި އޮތީ އެކްޓްރެސް ޑްރޫ ބެރީމޯ އެވެ. ނަމަވެސް، ސްކްރީން ރައިޓަރުންނާ އެކު، އެ މީހުންގެ ހަޅުތާޅުގައި ބައިވެރިވުމުގެ ގޮތުން އޭނާ ވަނީ މި އަހަރުގެ ޝޯ ހޯސްޓު ނުކުރަން ނިންމައި އަންނަ އަހަރުގެ ޝޯ ހޯސްޓު ކުރާނެ ކަމަށް ބުނެފަ އެވެ. އެހެންވެ، މި ފަހަރުގެ ޝޯ ގެންގޮސްފައި ވަނީ ރަސްމީ ހޯސްޓެއް ނެތި އެވެ.

އެމްޓީވީ އެވޯޑްސް: އެންމެ މޮޅު ފިލްމަކީ "ސްކްރީމް 6"، އެންމެ މޮޅު ޓީވީ ޝޯ އަކީ "ދަ ލާސްޓް އޮފް އަސް"
އެމްޓީވީ އެވޯޑްސް: އެންމެ މޮޅު ފިލްމަކީ "ސްކްރީމް 6"، އެންމެ މޮޅު ޓީވީ ޝޯ އަކީ "ދަ ލާސްޓް އޮފް އަސް"

"އެމްޓީވީ މޫވީސް އެންޑް ޓީވީ އެވޯޑް" ހަފްލާގައި "އެވަޓާ 2" އާއި "ބްލެކް ޕެންތާ 2" އަދި "އެލްވިސް" ވެސް ހިމެނޭހެން ހަ ފިލްމާ ވާދަކޮށް އެންމެ މޮޅު ފިލްމުގެ އެވޯޑު ހޯދާފައި ވަނީ "ސްކްރީމް 6" އެވެ. އަދި "ސްޓްރޭންޖާ ތިންގްސް" އާއި "ދަ ވައިޓް ލޮޓަސް" އަދި "ވެނިސްޑޭ" ހިމެނޭހެން ހަ ސީރީޒްއާ ވާދަކޮށް އެންމެ މޮޅު ޓީވީ ޝޯގެ އެވޯޑު ހޯދީ މަޝްހޫރު ވީޑިއޯގޭމް އެޑަޕްޓޭޝަން "ދަ ލާސްޓް އޮފް އަސް" އެވެ.

އެމްޓީވީ އެވޯޑްސް: އެންމެ މޮޅު ފިލްމަކީ "ސްކްރީމް 6"، އެންމެ މޮޅު ޓީވީ ޝޯ އަކީ "ދަ ލާސްޓް އޮފް އަސް"
އެމްޓީވީ އެވޯޑްސް: އެންމެ މޮޅު ފިލްމަކީ "ސްކްރީމް 6"، އެންމެ މޮޅު ޓީވީ ޝޯ އަކީ "ދަ ލާސްޓް އޮފް އަސް"

"ބެސްޓް ޕަފޯމަންސް އިން އަ މޫވީ" އެވޯޑު "ޓޮޕް ގަން؛ މެވްރިކް" ގައި ކުރި މަސައްކަތަށް، ލިބިފައިވަނީ އެކްޓަރު ޓޮމް ކްރޫޒް އަށެވެ. އަދި "ބެސްޓް ޕަފޯމަންސް އިން އަ ޓީވީ ޝޯ" ގެ އެވޯޑު ހޯދީ، ނެޓްފްލިކްސް ގެ މަގްބޫލު "ވެނިސްޑޭ" ސީރީޒްގައި ދެއްކި ޕަފޯމަންސަށް، ޖެނާ އޮޓޭގާ އަށެވެ.

"ބެސްޓް ހީރޯ" ގެ އެވޯޑު "ދަ ލާސްޓް އޮފް އަސް" ގެެ ބަތަލް ޕެޑްރޯ ޕަސްކަލް ހޯދިއިރު، "ބެސްޓް ވިލަން" ގެ އެވޯޑު ކާމިޔާބުކުރީ "ޑޮކްޓަ ސްޓްރޭންޖް އިން ދަ މަލްޓިވާސް އޮފް މޭޑްނަސް" ގެ ޕަފޯމަންސަށް، އެލިޒަބަތު އޮލްސަން އެވެ.

އޭގެ އިތުރުން، އެންމެ މޮޅު "މިއުޒިކަލް މޫމަންޓު" އެވޯޑު "ޕާޕްލް ހާޓް" ގެ "ކަމް ބެކް ހޯމް" ލިބިފަ ވާއިރު، އެންމެ މޮޅު ކޮމެޑީ ޕަފޯމަންސަށް ދޭ އެވޯޑު ލިބިފައި ވަނީ "މާޑާ މިސްޓްރީ 2" އިން އެޑަމް ސޭންޑްލާ އަށެވެ. އަދި "ކޮމީޑިކް ޖީނިއަސް އެވޯޑް" ލިބިފައި ވަނީ "ދަ ވައިޓް ލޮޓަސް" ގެ އެކްޓްރެސް ޖެނިފާ ކޫލިޖަށެވެ.

"ވެއާ ދަ ކްރޯޑޭޑް ސިންގްސް" ފިލްމުގައި ގެނެސްދިން ޓޭލާ ސްވިފްޓުގެ "ކެރޮލައިނާ" އަށް އެންމެ މޮޅު ލަވައިގެ އެވޯޑު ލިބުނު އިރު، "ބެސްޓް ހޯސްޓް" ގެ އެވޯޑު ލިބިފައި ވަނީ އެވޯޑު ޝޯ ހޯސްޓުކުރަން ހަމަޖެހިފަ އޮތް ބެރީމޯ އަށެވެ.

އެއްތިރީސް ވަނަ "އެމްޓީވީ މޫވީސް އެންޑް ޓީވީ އެވޯޑް" ހަފްލާ އަސްލު ބާއްވަން ހަމަޖެހިފައި އޮތީ އެމެރިކާގެ ކެލިފޯނިއާގައި ހުންނަ ސެންޓަ މޮނިކާ ސިޓީގަ އެވެ. ނަމަވެސް، ހަފްލާގެ ހޯސްޓާ ގިނަ ހާޒިރީން ރައިޓަރުންގެ ހަޅުތާޅާ ގުޅިގެން ބައިވެރިނުވާން ނިންމުމުން، ލައިވް އިވެންޓެއްގެ ބަދަލުގައި ޝޯ ކުރިއަށް ގެންދިޔައީ ކުރިން ރެކޯޑު ކޮށްފައި ހުރި ބައެއް މަންޒަރުތަކާއެކު ވާޗުއަލް ޝޯއެއްގެ ގޮތުގަ އެވެ.