ޗާލްސް ރަސްކަމާ ހަވާލުވުމުގެ ރަސްމިއްޔާތަށް ފަހު ރައީސް ވަޑައިގެންފި
ޗާލްސް ރަސްކަމާ ހަވާލުވުމުގެ ރަސްމިއްޔާތަށް ފަހު ރައީސް ވަޑައިގެންފި

އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސް ތަހުތުގައި ވެޑުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފި އެވެ.

ޗާލްސް ރަސްކަމާ ހަވާލުވުމުގެ ރަސްމިއްޔާތަށް ފަހު ރައީސް ވަޑައިގެންފި
ޗާލްސް ރަސްކަމާ ހަވާލުވުމުގެ ރަސްމިއްޔާތަށް ފަހު ރައީސް ވަޑައިގެންފި

ރައީސްގެ ދެ ކަނބަލުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މަރުހަބާ ދެންނެވީ ނައިބު ރައީސް ފައިސަލް ނަސީމާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.

އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސްގެ ދެކަނބަލުން އިނގިރޭސި ވިލާތަށް ފުރާވަޑައިގަތީ މިދިޔަ ހަފުތާގެ ބުދަ ދުވަހު އެވެ.

ރަސްގެފާނު ޗާލްސް އާއި އަނބިކަނބަލުން ކަމީލާ އިނގިރޭސި ރަސްކަމުގެ ތަހުތުގައި ރަސްމީ ގޮތުން ވެޑުވުމުގެ ރަސްމިއްޔާތު ބޭއްވި މިދިޔަ ހޮނިހިރު ދުވަހު އެވެ.

އިނގިރޭސި ރާނީ އެލިޒަބަތުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވެސް ލަންޑަނަށް ވަޑައިގަތެވެ.

ފަސް ދުވަހުގެ އެ ދަތުރުފުޅަށް ދައުލަތު ތިން މިލިއަނެއްހާ ރުފިޔާ ހަރަދުކުރުމުން އާންމުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވި އެވެ.