ކަސްޓަމްސްގެ ޝަރަފުވެރިކަމުގެ ކުލަތައް 600 އަށް ވުރެ ގިނަ މުވައްޒަފުންނަށް ދީފި
ކަސްޓަމްސްގެ ޝަރަފުވެރިކަމުގެ ކުލަތައް 600 އަށް ވުރެ ގިނަ މުވައްޒަފުންނަށް ދީފި

ކަސްޓަމްސްގެ މުވައްޒަފުންނަށް ދޭ ޝަރަފުވެރިކަމުގެ ކުލަތައް ދޭން ފަށައި، ދެ ކުލައެއް ލިބުނު 600 އަށް ވުރެ ގިނަ މުވައްޒަފުންނާ އެ ޝަރަފު މިއަދު ހަވާލުކޮށްފި އެވެ.

ކަސްޓަމްސްގެ ޝަރަފުވެރިކަމުގެ ކުލަތައް 600 އަށް ވުރެ ގިނަ މުވައްޒަފުންނަށް ދީފި
ކަސްޓަމްސްގެ ޝަރަފުވެރިކަމުގެ ކުލަތައް 600 އަށް ވުރެ ގިނަ މުވައްޒަފުންނަށް ދީފި

ކަސްޓަމްސްގެ މުވައްޒަފުންގެ އަގުވަޒަން ކުރަން ހަ މެޑައްޔަކާއި ހަ ކުލައެއް 2015 ގައި ވަނީ ތައާރަފްކޮށްފަ އެވެ.

ކަސްޓަމްސްގެ ޝަރަފުވެރިކަމުގެ ކުލަތައް 600 އަށް ވުރެ ގިނަ މުވައްޒަފުންނަށް ދީފި
ކަސްޓަމްސްގެ ޝަރަފުވެރިކަމުގެ ކުލަތައް 600 އަށް ވުރެ ގިނަ މުވައްޒަފުންނަށް ދީފި

ޖުމްލަ 724 މުވައްޒަފުން އުޅޭ ކަސްޓަމްސް އިން އެ ޝަރަފުތައް މިއަދު ފުރަތަމަ ފަހަރަށް ދިންއިރު، ދީފައި ވަނީ ގާބިލުކަމުގެ ކުލަ އާއި ކާމިޔާބުގެ ރަން ކުލަ އެވެ. އެ ގޮތުން، މަސައްކަތުގެ ދާއިރާގައި ފާހަގަކޮށްލެވޭ މީހުންނަށް ދޭ ގާބިލުކަމުގެ ކުލަ 600 މުވައްޒަފަކު ހޯދިއިރު، ގާނޫނާ ހިލާފު ކަމެއް ހިނގުމުގެ ކުރިން ހުއްޓުވި ނުވަތަ މަސައްކަތާ ގުޅުން ނެތް ދާއިރާ އަކުން ކަސްޓަމްސް އަށް ރީތި ނަން ހޯދައި ދޭ މުވައްޒަފުންނަށް ދޭ ކާމިޔާބުގެ ރަން ކުލަ ލިބުނީ 79 އޮފިސަރަކަށެވެ.

ކަސްޓަމްސްގެ ޝަރަފުވެރިކަމުގެ ކުލަތައް 600 އަށް ވުރެ ގިނަ މުވައްޒަފުންނަށް ދީފި
ކަސްޓަމްސްގެ ޝަރަފުވެރިކަމުގެ ކުލަތައް 600 އަށް ވުރެ ގިނަ މުވައްޒަފުންނަށް ދީފި

ކަސްޓަމްސްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ޝަރަފުތައް ހަވާލުކޮށް ދެއްވުމަށް ފަހު، ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވީ އެ ކުލަތަކީ ކަސްޓަމަސްގެ ޔުނިފޯމަށް ލިބުނު އިތުރު ފުރިހަމަކަމެއް ކަމަށެވެ. އަދި އެއީ، އޭނާ ސިފަކުރެއްވި ގޮތުގައި، ވަރަށް ތާރީހީ ބަދަލެކެވެ.

"ކަސްޓަމްސްގެ މުވައްޒަފުންނަަށް މިއަދު މި ދެވުނު ހޯޕަކީ، މި ދެވުނު އުއްމީދަކީ ކަސްޓަމްސް އަށް ވަރަށް ބޮޑު ކުރިއެރުމެއް،" އަޒްލީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކަސްޓަމްސްގެ ކޮމިޝަނަރާއި އޭނާގެ ނައިބަށް ވެސް ޝަރަފު ދޭން ހަމަޖައްސާފައިވާ ކަމަށެވެ. އެކަމަކު، ފުލުހުންނާއި ސިފައިން ކަހަލަ އެ ފަދަ ޝަރަފުތައް ދޭ އެހެން މުއައްސަސާތަކާ ހިލާފަށް، ކަސްޓަމްސްގެ ކޮމިޝަނަރާއި އޭނާގެ ނައިބަކީ ގިނަ ފަހަރަށް އެ މުއައްސަސާގެ ބޭރުން އައްޔަނުކުރާ ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، އެ ދެ ބޭފުޅުންނަށް ޝަރަފު ދޭނީ، އަޒްލީން ފާހަގަކުރެއްވި ގޮތުގައި، ހާއްސަ އުސޫލުތަކެއްގެ ދަށުންނެވެ.

މިއަދުގެ ރަސްމިއްޔާތުގައި، ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ ކަސްޓަމްސްގެ މުވައްޒަފުންގެ އަގުވަޒަން ކުރުމަކީ އެ މުއައްސަސާގެ ނަޒާހާތްތެރިކަން ދަމަހައްޓައި، ކުރިއެރުމަށް މުހިއްމު ކަމެއް ކަމަށެވެ. އެހެންވެ، ކުރިއަށް އޮތް ތަނުގައި ވެސް ޝަރުތު ހަމަވާ މުވައްޒަފުންނަށް މި ޝަރަފުތައް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ފެށުމެއް. މުސްތަގުބަލުގައި ވެސް މިއިން ކުލައެއްގެ ކްރައިޓީރިއާ އަށް ފެތޭ ކޮންމެ އޮފިސަރަކީ އޭގެ ހައްގުވެރިން، އެ އޮފިސަރުންނަށް އެ ކުލަ ލިބޭނެ،" ޝަރީފް ވިދާޅުވި އެވެ.

މީގެ އިތުރުން، އޭނާ ވަނީ ކަސްޓަމްސްގެ ޔުނިފޯމަށް އިހުތިރާމުކޮށް، ގަދަރުކުރަން ހުރިހާ މުވައްޒަފުންނަށް ގޮވާލައްވައިފަ އެވެ.

"ޔުނިފޯމަށް އިހުތިރާމާއި ގަދަރު ދެއްވުމަކީ އަޅުގަނޑުމެން ކުރާ މަސައްކަތަށް ތެދުވެރިވުމާއި އަޅުގަނޑުމެން ކުރާ މަސައްކަތް ހަލުވިކޮށް، އަޅުގަނޑުމެންގެ ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ލުއި ފަސޭހަ ކަމަކަށް، ވީހާ އަވަހަކަށް އެ ކަންކަން ކުރެވުން،" ޝަރީފް ވިދާޅުވި އެވެ.