"ސިޓަޑޭލް" ގެ ހިންދީ ވާޝަނަކީ ރިމޭކެއް ނޫން: ސަމާންތާ
"ސިޓަޑޭލް" ގެ ހިންދީ ވާޝަނަކީ ރިމޭކެއް ނޫން: ސަމާންތާ

ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި ހޮލީވުޑް އެކްޓަރު ރިޗާޑް މޭޑަން ލީޑުން ފެންނަ ސީރީޒް "ސިޓަޑޭލް" ގެ ހިންދީ ވާޝަން އަކީ ރިމޭކެއް ނޫން ކަމަށް، އެ ވާޝަންގެ އަންހެން ލީޑު ކުޅޭ ބަތަލާ ސަމާންތާ ރޫތް ޕަރަބޫ ބުނެފި އެވެ.

"ސިޓަޑޭލް" ގެ ހިންދީ ވާޝަނަކީ ރިމޭކެއް ނޫން: ސަމާންތާ
"ސިޓަޑޭލް" ގެ ހިންދީ ވާޝަނަކީ ރިމޭކެއް ނޫން: ސަމާންތާ

މަޝްހޫރު ޑައިރެކްޓަރުން ކަމަށްވާ ޖޯ އަދި އެންތޮނީ ރޫސޯ (ރޫސޯ ބްރަދާސް)، އެމަޒޮން ސްޓޫޑިއޯސްއާ ގުޅިގެން އުފައްދާފައިވާ "ސިޓަޑޭލް" ގެ ތިން އެޕިސޯޑެއް މިހާރު ވަނީ އެކި ބަސްތަކުން ޑަބުކޮށް ޕްރައިމް ވީޑިއޯގައި ރިލީޒްކޮށްފަ އެވެ.

"ސިޓަޑޭލް" ގެ ހިންދީ ވާޝަނަކީ ރިމޭކެއް ނޫން: ސަމާންތާ
"ސިޓަޑޭލް" ގެ ހިންދީ ވާޝަނަކީ ރިމޭކެއް ނޫން: ސަމާންތާ

"ސިޓަޑޭލް" ގެ ސްޕިންއޮފް ތަކެއް އެކި ގައުމުތަކުގައި ހަދަން ނިންމައި ސްޕެއިން އާއި އިޓަލީ ފަދަ ގައުމުތަކުގައި އަދި އިންޑިއާގެ ބޮލީވުޑުން ވެސް "ސިޓަޑޭލް" ސީރީޒެއް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. "ރާޖް އެންޑް ޑީކޭ" ޑައިރެކްޓުކުރާ ހިންދީ ވާޝަންގެ ލީޑު ރޯލުގައި ސަމާންތާއާއެކު އުޅެނީ އެކްޓަރު ވަރުން ދަވާން އެވެ.

މިދިޔަ ހުކުރު ދުވަހު ސަމާންތާ އިންސްޓަގްރާމުގައި ކުރި ޕޯސްޓަކަށް ފޭނަކު ކުރި ކޮމެންޓެއްގައި ވަނީ ބޮލީވުޑްގެ "ސިޓަޑޭލް" އަކީ ޕްރިޔަންކާ އުޅޭ އަސްލު ވާޝަންގެ ރިމޭކެއްތޯ ސުވާލުކޮށްފަ އެވެ.

"ޕްރިޔަންކާގެ ސިޓަޑޭލް އާއި ސަމާންތާގެ ސިޓަޑޭލްއާ އެއީ އެއް ވާހަކައެއްތަ؟ އަސްލު މިހެން މި އަހަނީ ޕްރިޔަންކާގެ ވާޝަން އިންޑިއާގެ ހުރިހާ ބަހުރުވަޔަކުން ޑަބުކޮށްފަ އެބަހުރި. ދެން ހަމަ އެ ވާހަކަ ހަދަންޏާ، އިންޑިއާގެ އޯޑިއަންސް އޮންނާނީ އެ ބަލައިފައެއްނު؟" އެ ކޮމެންޓުގައި އަހާފައިވެ އެވެ.

ކޮމެންޓަށް ރިޕްލައި ކުރަމުން ސަމާންތާ ވަނީ އޭނާގެ ވާޝަން އަކީ އަސްލު "ސިޓަޑޭލް" ގެ ރިމޭކެއް ނޫންކަން ފޭނުންނަށް ހަނދާންކޮށްދީފަ އެވެ.

ސަމާންތާގެ އެހެން ފޭނަކު ކުރި ކޮމެންޓެއްގައި ވަނީ "ސިޓަޑޭލް" ގެ ސްޕިންއޮފްގެ ވާޝަންތަކުގެ ވާނުވާ ކިޔައިދީފަ އެވެ.

"ސިޓަޑޭލްގެ މެއިން ސީރީޒްގެ ހުންނާނެ އެކި ގައުމުތަކުގެ ތަފާތު ސްޕިން އޮފް. ސަމާންތާ އާއި ވަރުން އެއީ އިންޑިއާގެ ސްޕިންއޮފްް. ހަމަ އެގޮތަށް މެކްސިކޯ، އިޓަލީ، ސްޕެއިން ގައި ވެސް ސްޕިން އޮފް ހަދާނެ. އެ އެއްޗެހި ހުންނާނީ އަސްލު ވާޝަންއާ ކުޑަކުޑަކޮށް ގުޅިފަ، ނޫނީ އެއްވެސް ވަރަކަށް ނުގުޅޭ ފަދަ ޕެރަލަލް ވާހަކަތަކެއް ގޮތަށް،" އެ ކޮމެންޓުގައި ބުންޏެވެ.

ކޮމެންޓުތަކަށް ސަމާންތާ ރިޕްލައި ކުރުމުން ވަނީ ފޭނުންގެ ތަރުހީބު ލިބިފަ އެވެ. އެއީ އޭނާ އެބަހައްޓާ ގާތްކަމަށެވެ. އޭނާ މިހާރު މަސައްކަތް ކުރަމުން އަންނަނީ "ސިޓަޑޭލް" ގެ އިންޑިއާ ސްޕިން އޮފް ހެދުމުގަ އެވެ. އޭނާގެ އުފަންދުވަސް ޕޯސްޓުގައި ވަނީ "ސިޓަޑޭލް" ގެ ޓީމާއެކު ނަގާފައިވާ ފޮޓޯތަކެއް ޝެއާ ކޮށްފަ އެވެ.