"ލަވް ބޭބީ"ގެ ނިތްކުރީގައި ހިތުގެ ބައްޓަމަށް ބޮޑު ލަފެއް
"ލަވް ބޭބީ"ގެ ނިތްކުރީގައި ހިތުގެ ބައްޓަމަށް ބޮޑު ލަފެއް

ތުރުކީގެ އަންކާރާގެ ދެމަފިރިން ކަމަށްވާ މޫރަތު އެންޖިން އާއި އޭނާގެ އަންހެނުން ސީޑާ އެންޖިން އަށް ލިބުނު އަލަތު ދަރިފުޅު ފުރަތަމަ ފަހަރު ވެސް އެ ދެމަފިރިންނަށް ލިބުނީ ވަރަށް ބޮޑު ހައިރާން ކަމެކެވެ. ދަރިފުޅުގެ މޫނުގައިވާ އާދަޔާޚިލާފު ނިޝާނުގެ ސަބަބުންނެވެ.

"ލަވް ބޭބީ"ގެ ނިތްކުރީގައި ހިތުގެ ބައްޓަމަށް ބޮޑު ލަފެއް
"ލަވް ބޭބީ"ގެ ނިތްކުރީގައި ހިތުގެ ބައްޓަމަށް ބޮޑު ލަފެއް

ތުރުކީގެ މީޑިއާ އިން މި ތުއްތުކުއްޖާ އަށް "ލަވް ބޭބީ"ގެ ނަން ދީފައި ވެއެވެ. ސަބަބަކީ އުފަންވީއިރު ވެސް މި ތުއްތު ކުއްޖާގެ ނިތްކުރިމަތީގައި ހިތުގެ ބައްޓަމަށް ފިޔާތޮށިކުލައިގެ ބޮޑު ލަފެއް އިނީމަ އެވެ.

މި ތުއްތު ފިރިހެންކުއްޖާ "ސިނާ" ފެންނަ ކޮންމެ މީހަކު ވެސް އަޅައިގަންނަނީ ކުއްޖާގެ މޫނުގައި އިން ލޯބީގެ ނިޝާނެއްގެ ގޮތުގައި ގިނަ ބަޔަކު ބޭނުންކުރާ ހިތުގެ ބައްޓަމަށް އިން ލަފެވެ.

ސިނާގެ ބައްޕަ ބުނީ ދަރިފުޅު ވިހެއުމަށްފަހު ސާފުކޮށްފައި ނަރުސް އެންމެ ފުރަތަމަ ވެސް ދަރިފުޅު ދިނީ އޭނާގެ އަތަށެވެ. އަދި އުރާލުމާއެކު ފުރަތަމައިނުން ވެސް އޭނާގެ ލޮލުގައި އަޅައިގަތީ އެ ލަފެވެ. އަދި އޭތި އިންލެއް ރީތިކަމުން އޭނާގެ ލޮލުން ވަގުތުން ކަރުނަ އައެވެ.

މިހާރު އުމުރުން 14 މަސް ފުރިފައިވާ ސިނާ އަކީ ސޯޝަލް މީޑިއާގައި ވަރަށް މަގްބޫލު ކުއްޖަކަށް ވަނީ ވެފަ އެވެ. އަދި އޭނާއަކީ މިހާރު އެ ގައުމުގައި ވަރަށް މަޝްހޫރު ކުއްޖެކެވެ. "ލަވް ޗައިލްޑް" އާއެކު ސެލްފީނަގަން ވެސް ގިނަ ބަޔަކު ބޭނުންވެ އެވެ.

ސިނާގެ ބައްޕަ ބުނީ ވެކްސިން ޖެހުން ފަދަ ކަންތައްތަކަށް ދަރިފުޅު ގޮވައިގެން ހޮސްޕިޓަލަށް ދިޔަޔަސް އެތާ އުޅޭ ހުރިހާ ޑޮކްޓަރުންނާއި ނަރުހުންނަށް ވެސް "ހިތްޖެހި ކުއްޖާ"ގެ ގޮތުގައި އޭނާ އެނގެ އެވެ. އަދި ދަރިފުޅު ފެންނަ ކޮންމެ މީހެއްގެ މޫނަށް ވެސް އުފާވެރިކަމުގެ ހިނިތުންވުމެއް ވެރިވާކަމަށް އެ ކުއްޖާގެ ބައްޕަ ބުންޏެވެ.

ސިނާގެ ބައްޕަ ބުނީ އެ އާއިލާގެ އެއްވެސް މީހެއްގެ ގައިގައި މިފަދަ ލަފެއް ނީންނަ ކަމަށެވެ. އަދި މިއީ ހެޔޮ ނަސީބުގެ ނިޝާނެއް ކަމަށް އޭނާ ގަބޫލުކުރެ އެވެ. އަދި މިއީ މާތްﷲ ދެއްވި ހަދިޔާއެއް ކަމަށާއި މީގެން އެއްވެސް ނުރަނގަޅު އެއްވެސް ކަމެއް ދިމާނުވާނެކަމަށް އެ އާއިލާއިން ޔަގީންކުރެ އެވެ.