އޯލެވެލްގައި ރަނގަޅު ނަތީޖާ ހޯދައިދިން 37 ޓީޗަރުންނަށް އެވޯޑް
އޯލެވެލްގައި ރަނގަޅު ނަތީޖާ ހޯދައިދިން 37 ޓީޗަރުންނަށް އެވޯޑް

"ވެހި އޯ ލެވެލް ސަކްސެސް ޕްރޮގްރާމް 2023" ގެ އެވޯޑް 37 ޓީޗަރަކަށް ދެއްވައިފި އެވެ.

އޯލެވެލްގައި ރަނގަޅު ނަތީޖާ ހޯދައިދިން 37 ޓީޗަރުންނަށް އެވޯޑް
އޯލެވެލްގައި ރަނގަޅު ނަތީޖާ ހޯދައިދިން 37 ޓީޗަރުންނަށް އެވޯޑް

އެ އެވޯޑަކީ އޯ ލެވެލް އިމްތިހާނުން ދަރިވަރުންނަށް ރަނގަޅު ނަތީޖާ ހޯދައިދީ، އެ ނަތީޖާ ހިފެހެއްޓުމަށް ނަމޫނާ މަސައްކަތް ކުރާ ޓީޗަރުންގެ އަގުވަޒަންކުރުމަށްޓަކައި އެޑިޔުކޭޝަނުން މިނިސްޓްރީން ދޭ އެވޯޑެކެވެ.

އޯލެވެލްގައި ރަނގަޅު ނަތީޖާ ހޯދައިދިން 37 ޓީޗަރުންނަށް އެވޯޑް
އޯލެވެލްގައި ރަނގަޅު ނަތީޖާ ހޯދައިދިން 37 ޓީޗަރުންނަށް އެވޯޑް

އިއްޒުއްދީން ސްކޫލްގައި ރޭ ބޭއްވި ޖަލްސާގައި 26 ސްކޫލަކުން 37 ޓީޗަރަކު ވަނީ އެ އެވޯޑް ހާސިލް ކޮށްފަ އެވެ. އެ ޓީޗަރުންނަށް އެވޯޑް ދެއްވާފައި ވަނީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ.

އެވޯޑް ދީފައިވަނީ ތިން ކެޓަގަރީއަކުންނެވެ.

- ކިޔަވައިދޭ މާއްދާއިން މެދުނުކެނޑި 15 އަހަރު ދަރިވަރުންގެ އޯ ލެވެލް އިމްތިހާނުގެ ނަތީޖާ 60 ޕަސެންޓަށްވުރެ މަތީގައި ހިފެހެއްޓުމުންދޭ، އެލިޓް އެވޯޑް

- ކިޔަވައިދޭ މާއްދާއިން މެދުނުކެނޑި 10 އަހަރު ދަރިވަރުންގެ އޯ ލެވެލް އިމްތިހާނުގެ ނަތީޖާ 60 ޕަސެންޓަށް ވުރެ މަތީގައި ހިފެހެއްޓުމުން ދޭ، އޯލެވެލް އެޗީވްމަންޓް އެވޯޑް

- ކިޔަވައިދޭ މާއްދާއިން މެދުނުކެނޑި ފަސް އަހަރު ދަރިވަރުންގެ އޯ ލެވެލް އިމްތިހާނުގެ ނަތީޖާ 60 ޕަސެންޓަށް ވުރެ މަތީގައި ހިފެހެއްޓުމުން ދޭ، އޯލެވެލް އެކްސެލެންސް އެވޯޑް

މިނިސްޓްރީން ބުނީ އެ ޕްރޮގްރާމްގެ ސަބަބުން ޓީޗަރުން ކިޔަވައިދިނުމުގައި ކުރިއަރައި ދިއުމަށާއި ރަނގަޅު ނަތީޖާ ހޯދައިދިނުމުގައި ދެމިތިބުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށެވެ.

އަދި ދަރިވަރުންނަށް ނަމޫނާ ދެއްކުމުގައި މެދުނުކެނޑި އެންމެ އުސް ހަރުފަތުގައި މަސައްކަތް ކުރުމަށް ހިތްވަރަކަށް ވެގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.