03 މެއި 2023 - 12:23

އަމިއްލަ މޯލްޑިވްސް ރިސޯޓަށް އަށް އަހަރު ފުރުން ފާހަގަކުރުމަށް މިނީ އޮލިމްޕިކްސްއެއް ބާއްވައިފި އެވެ.

މި ހަރަކާތަކީ މުވައްޒަފުންގެ މެދުގައި އީދުގެ އުފަލާއި އަހަރީ ދުވަހުގެ އުފާ ފާޅުކުރުމަށް ބޭއްވި ހަރަކާތެކެވެ.

ހަތަރު ޓީމަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި ޓީމްތަކަށް ނަން ދީފައިވަނީ ރިސޯޓާއި ރިސޯޓުގެ މުވައްޒަފުން ސިފަ ކޮށްދޭ ނަންތަކެއް ކަމަށް އެ ރިސޯޓުން ބުނެ އެވެ. ޓީމްތަކަށް ދީފައިވާ ނަންތަކަކީ "ޕާފެކް"، "ޓައިމްލީ"، "ފްރެންޑްލީ" އަދި "ވާއު" އެވެ.

މި ހަރަކާތުގައި ކުރިއަށް ދިޔަ ކުޅިވަރުތަކުގެ ތެރޭގައި ބީޗް ރިލޭ، ގޯނި ރޭސް، ޓަވާ އޮފް ވޯޓާ، ގޯލްޑަން ނަގެޓްްސް ހޯދުން، ގޯލެއް ޖެހުން އަދި ވާ ދެމުން ހިމެނެ އެވެ.
އަމިއްލަ މޯލްޑިވްސްއިން ބުނި ގޮތުގައި ދެ ގޭމު ދޭތެރެއިން ހާއްސަ ގުރުއަތެއް ނަގާ ގުރުއަތުން ހޮވުނު ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ވަނީ ދީފަ އެވެ. އެގޮތުން 120 ގުރުއަތު ވަނީ އެ ހަރަކާތުގެ ތެރޭގައި ނަގައިފަ އެވެ.
އަމިއްލަ މޯލްޑިވްސްއިން ބުނި ގޮތުގައި އެ ހަރަކާތްތަކަކީ މުވައްޒަފުންގެ އަގުވަޒަންކޮށް މުވައްޒަފުންގެ މެދުގައި ގުޅުން އިތުރަށް ބަދަހި ކޮށް، މަޖާ މާހައުލެއްގައި މުވައްޒަފުންނަށް އަހަރީ ދުވަސް ފާހަގަކުރުުގެ ފުރުސަތު ދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.
އަމިއްލަ މޯލްޑިވްސްއިން ފާހަގަ ކުރީ އަށް ވަނަ އަހަރީ ދުވަހެވެ.