03 މެއި 2023 - 11:19

ދިރާގު ފައިބަ ބްރޯޑްބޭންޑަށް އަލަށް ގުޅޭ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެ ޕްރޮމޯޝަނުގެ ދަށުން ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަށް އެދޭ ކަސްޓަމަރުންނަށް ރައުޓަރާއި ހިދުމަތް ގުޅާދިނުމުގެ ހިދުމަތް ހިލޭ ފޯރުކޮށްދޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
ދިރާގުގެ މެނޭޖަރު އިކުއިޒިޝަންސް ޖަނާ އިބްރާހިމް ވިދާޅުވި ގޮތުގައި މި ޕްރޮމޯޝަނަކީ އެއްވެސް ސެޓްއަޕް ފީއަކާ ނުލައި ހަލުވި ފައިބަ ނެޓްވޯކަކާ ގުޅުމަށް ލިބޭ އަގުހުރި ފުރުސަތެކެވެ. އަދި ދިރާގުގެ ފައިބަ ބްރޯޑްބޭންޑުގެ ހިދުމަތަކީ އެކި އަގުތަކުގައި ބޮޑެތި ޑޭޓާ އެލަވަންސްތަކެއް ލިބޭ ހިދުމަތެއް ކަމަށް ވިދާޅުވި އެވެ.
ދިރާގުގެ ފައިބަ ބްރޯޑްބޭންޑް ހިދުމަތުގެ އެކި އަގުތަކުގެ އެކި ޕެކޭޖުތައް ހިމެނެ އެވެ. އެންމެ ކުޑަ ޕެކޭޖަކީ 250ރ. އަށް 30 ޖީބީ ޑޭޓާ ލިބޭ ޕެކޭޖެކެވެ. އެންމެ ބޮޑު ޕެކޭޖަކީ 4.5 ޓީބީ ލިބޭ 6990ރ. ގެ ޕެކޭޖެކެވެ.
ދިރާގުގެ ފައިބަ ބްރޯޑްބޭން ކަސްޓަމަރުންނަށް މަސް ނިމޭ އިރު ޖީބީ ހުސްނުވާ ނަމަ، އެ ޖީބީ ދެން އަންނަ މަހުގައި ވެސް ބޭނުން ކުރެވޭނެ އެވެ.
ދިރާގު ވެބްސައިޓް މެދުވެރިކޮށް މި ހިދުމަތަށް އެދި މިހާރު އެޕްލައި ކުރެވޭނެ އެވެ.