03 މެއި 2023 - 09:14

މަޝްހޫރު ލަވަކިޔުންތެރިޔާ ރިޓާ އޯރާގެ ޗެރިޓީ އިވެންޓެއްގައި ހުށަހަޅައިދިން ލަވަޔަކަށް އޮސްޓްރޭލިއާ މީހަކު ނެށި ގޮތް މަޝްހޫރުވެއްޖެ އެވެ.
މަގްބޫލު "ވޯމް" ޑާންސް ކުރި އެ މީހާގެ ކުޅަދާނަ ހުށަހެޅުން ފެނި ރިޓާ އަށް ވެސް ލިބުނީ ޝޮކެކެވެ. ޝޯއަށް ފަހު ރިޓާ ވަނީ ޓިކްޓޮކާއި އިންސްޓްގްރާމުގައި ތިބި އޭނާގެ ފޭނުން ގާތު އޭނާ ހޯދައިދޭން އެދިފަ އެވެ.
ފަހުން އެނގުނު ގޮތުގައި، އެއީ އޮސްޓްރޭލިއާގެ ސިޔާސީ ދާއިރާގައި ވެސް އުޅޭ އުމުރުން 57 އަހަރުގެ އިއާން ސްމިތެވެ. އޭނާ އަކީ ވިޔަފާރިވެރިއެެކެވެ. އޭނާ ކައިވެނިކޮށްގެން އުޅެނީ އޮސްޓްރޭލިއާގެ ކުރީގެ ސެނެޓާއެއް ކަމަށްވާ ނަޓާޝާ ސްޓޮޓް ޑެސްޕޮޖާއާ އެވެ.
ވައިރަލްވި ވީޑިއޯ އިން ފެނުނު ގޮތުގައި އިއާން ފޯރިއާކު އެކި ނެށުންތައް ސްޓޭޖުމަތީގައި އައީ ދައްކަމުންނެވެ. އޭނާގެ ވަށައިގެން ސިއެނާ މިލާ އާއި ކޭޓް ބެކިންސޭލް އަދި ކޭޓް މޮސް ފަދަ ހޮލީވުޑް އޭ-ލިސްޓުގެ ތަރިން ތިބިތަން ފެނެ އެވެ.
"އޭބީސީ" ރޭޑިއޯއާ ވާހަކަ ދައްކަމުން އިއާން ބުނީ އޭނާގެ އަންހެނުންނަށް ރިޓާގެ ވީޑިއޯ ފެނިގެން ޓްވީޓު ކުރި ފަހުން އޭނާއާ ބައްދަލުވި ކަމަށެވެ. ނަޓާޝާގެ ޓްވީޓުގައި ވަނީ "ވޯމް ގާއީ" އަކީ އޭނާގެ ފިރިމީހާ ކަމަށް ބުނެފަ އެވެ.
"ވަރަށް ހިތްގައިމު މީހެއް ރިޓާ އެއީ. އޭނާގެ ކުރިއަށް އޮތް ކޮންސަޓެއްގައި ޑާންސްކޮށްދޭން ވާނޭ އެހި. އެހެންވެ، މުސްތަގުބަލުގައި ވާނެ ގޮތެއް ކާކަށް އެނގޭނީ؟" އިއާން ބުންޏެވެ.