02 މެއި 2023 - 18:15

ހުޅުމާލެ 2 ގައި ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓުގައި އަނިޔާވީ 20 އަހަރުގެ ފިރިހެނަކަށް ކަމަށެވެ. އޭނާ މިހާރު ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބުން ކަމަށް ބުނުން ފިޔަވައި އިތުރު ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ.
މިފަހަކަށް އައިސް ހުޅުމާލެ 2 ގައި އެކްސިޑެންޓުތައް ވަނީ ގިނަވެފަ އެވެ. މިދިޔަ މަހު އެ ސަރަހައްދުގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެފައި ވެސް ވެ އެވެ.